ދެ ހަފުތާގައި ދައުލަތުގެ ބަޖެޓުގެ ޖުމްލަ ހަރަދު ހުރީ 430.5 މިިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު 1.1 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މި އަހަރުގެ ބަޖެޓުން މިދިޔަ ދެ ހަފުތާގައި ސަރުކާރުން ކުރި ހަރަދު މިދިޔަ އަހަރަށްވުރެ ދަށް ކަމަށް ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ނެރޭ ފީކްލީ ފިސްކަލް ޑިވްލޮލްޕްމަންޓް (ޑަބްލިއުއެފްޑީ) ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަ ދެ ހަފުތާގައި ދައުލަތުގެ ބަޖެޓުން ވަނީ 261.4 މިލިއަން ރުފިޔާގެ ހަރަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުން ދެ ހަފުތާގައި ކުރި ހަރަދު ހުރިހާ ބައިތަކެއް އެއްކޮށް ބަލަނަމަ 430.5 މިލިއަން ރުފިޔާއަށް އަރަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ،މި މުއްދަތުގއި ހަރަދު ހުރީ 1.1 މިލިއަން ރުފިޔާގަ އެވެ.
ބަޖެޓުގެ ހަރަދުގެ ބައިން އެންމެ ބޮޑު ހޭދައެއް އެއް ކަމަށް ކޮށްފައިވަނީ ލޯނުތަކުގެ ފައިނޭންސް އާއި އިންޓްރެސްޓް ދެއްކުމަށެވެ. މި ބަޔަކަށް މި އަހަރު 5.5 ބިލިއަން ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިހާތަނަށް 103.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ނަމަވެސް މި އަދަދަކީ މިދިޔަ އަހަރު ކުރި 286.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ހަރަދުގެ ބައިގެ ތެރޭން އާސަންދަ އަށް ކުރި ހަރަދާއި ސަބްސިޑީގެ ހޭދަ ވެސް ދަށްވެފައިވާ ކަމަށް ދައްކަ އެވެ. މި އަހަރުގެ މިހާތަނަށް އާސަންދައަށް 31.3 މިލިއަން ހަރަދު ކުރިއިރު މިދިޔަ އަހަރުގެ މިބައިގެ ހަރަދު ހުރީ 19 މިލިއަން ރުފިޔާގަ އެވެ. އަދި ސަބްސިޑީގެ ހަރަދު މިދިޔަ އަހަރު 49.7 މިލިއަން ރުފިޔާގައި ހުރިއިރު މި އަހަރުގެ ދެ ހަފުތާގައި ސަބްސިޑީދޭން 24.7 މިލިއަން ރުފިޔާގެ ހޭދައެއްކޮށްފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ލޯނު ދައްކަން 122.0 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 310.4 މިލިއަން ރުފިޔާގަ އެވެ. މި އަހަރުގެ ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑަށް 17.8 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖަމާހުރީ 30.3 މިލިއަން ރުފިޔާގަ އެވެ.
ބަޖެޓުން އެއް އޮފީހަކަށް މިދިޔަ ދެ ހަފުތާގެ ތެރޭގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ދެ ހަފުތާތެރޭގައި 64.5 މިލިއަން ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މިނިސްޓްރީގެ ހަރަދު މި މުއްދަތުގައި ހުރީ 54.5 މިލިއަން ރުފިޔާގަ އެވެ. އަދި އެންސްޕާ އިން މި މުއްދަތުގައި 52.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެންސްޕާގެ ހަރަދު މި މުއްދަތުގައި ހުރީ 21.5 މިލިއަން ރުފިޔާގަ އެވެ.