ބީއެމްއެލް އިސްލާމިކް ދިވެހިންގެ އިތުބާރާއެކު ކާމިޔާބު 10 އަހަރު

ބީއެމްއެލް އިސްލާމިކްއަކީ ޝާރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން ބޭނުން މިންގަނޑުތަކަށް ހިންގާ ބޭންކް އެކެވެ

ބީއެމްއެލް އިސްލާމިކްގެ މަހިބަދޫ ބްރާންޗް

މިއަދަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ހިދުމަތްތައް ދެމުން އަންނަތާ 10 އަހަރު ފުރުނު ދުވަހެވެ. ބީއެމްއެލް އިސްލާމިކް ގާއިމުކުރެވުނީއްސުރެ އިސްލާމިކް ބޭންކިން ޚިދުމަތް ދެމުން އަންނަނީ ޝާރީޢާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި ބީއެމްއެލް އިސްލާމިކްގެ ފަންޑު މުޅީން ވަކިކޮށް އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަޤްވާމީގޮތުން ބޭނުން ކުރާ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްގޮތަށެވެ.

ބޭންކުގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އޭދަފުށި، މަހިބަދޫ އަދި ގަން ބްރާންޗްތައް މިހާރުން ފެށިގެން ބީއެމްއެލް އިސްލާމިކްގެ ބްރާންޗް ތަކަކަށް ރީބްރޭންޑްކޮށް، އެ ބްރާންޗްތަކުން ޚިދުމަތް ދެމުން ދާނީ އިސްލާމިކް ބޭންކިންގެ ހިދުމަތްތަކަށް އިސްކަންދެވިގެނެވެ.

މި މުނާސަބަތާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ  ބީއެމްއެލް އިސްލާމިކް އަށް 10 އަހަރު ފުރިގެން ދިޔުމަކީ ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ފަޚުރެކެވެ. 

"ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން، މި ބޭންކުން އެކައުންޓް، ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން ހުރިހާ ޚިދުމަތެއް ފޯރުކޮށްދެން. މި ބޭންކަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިން، ހައިބްރިޑް ހޯމް ފައިނޭންސިން، އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފްކުރި ބޭންކް. އަދި ހަމައެހެންމެ މި ބޭންކަކީ ރާއްޖޭގައި ހަމައެކަނި ޝަރީޢާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑުގެ ޚިދުމަތްދޭ ބޭންކު ވެސްމެ." އޭނާ ވިދާޅުވި އެވެ. 

"ބްރާންޗްތަކަށް މި ގެނެވުނު ބަދަލުން ދައްކުވައިދެނީ ރައްޔިތުން ބޭނުންވާފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހައްމިއްޔަތުކަން." 

ބީއެމްއެލް އިސްލާމިކް- މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު 150 އޭޓީއެމް އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.