އެމެރިކާގެ ރައީސްކަމުގެ ހުވާ މިއަދު ކުރައްވާ ޓްރަމްޕް ވަނީ ކްރިޕްޓޯ ކަރަންސީއަށް ހުރި ހުރަސްތައް ނައްތާލާނެ ކަމަށް ވައުދުވެވަަޑައިގެންފަ އެވެ.
އެމެރިކާގެ ވެރިކަމާ މިއަދުގެ ވަގުތެއްގައި ހަވާލުވަޑައިގަންނަވާ ޑޮނަލްޑް ޓްރަޕްމް ވަނީ ވެރިކަމަށް ހުވާ ކުރެއްވުމުގެ ކުރިންވެސް "ފައިސާ" އުފެއްދެވުމުގެ ބޮޑު ހުނަރެއް ދައްކަވާފަ އެވެ. އެމެރިކާގެ އެންމެ މަޝްހޫރު ބިލިއަނުންގެ ތެރޭގައި ހިމެނިވަޑައިގަންވާ ޓްރަމްޕް މީގެ ހަފުތާއެއްގެ ކުރިން ވަނީ އަމިއްލަފުޅު ނަމުގައި ކްރިޕްޓޯ ކަރަންސީއެއް އުފައްދަވާފަ އެވެ. މިހާރު އެމެރިކާގައި "ކްރިޕްޓޯ ރައީސް" ގެ ނަމުގައި މަޝްހޫރުވެފައިވާ ޓްރަމްޕް އުފެއްދެވި މި ކަރަންސީ މަދު ވަގުތުކޮޅެއްގެ ތެރޭގައި މިވަނީ ނުވަ ބިލިއަން ޑޮލަރަށް އަރާފަ އެވެ.
އެމެރިކާގެ ނޫސްތައް ބުނާ ގޮތުގައި ޓްރަމްޕުގެ އުފުއްދެވި އަމިއްލަފުޅު ކްރިޕްޓޯ ކަރަންސީގެ ދަނީ ހަލުވިކަމާއެކު ފައިދާ އުފުލެމުންނެވެ. މިގޮތުން ޓްރަމްޕުގެ ކްރިޕްޓޯ ކޮއިން ވަނީ އޭޝިއާގައި މިއަދު މަދު ވަގުތު ކޮޅެއްގެ ތެރޭގައި %73 އިތުރުވެ 46.06 ޑޮލަރަށް އަރާފަ އެވެ. އަދި މިއާއެކު ގާތްގަނޑަކަށް 9.2 ބިލިއަން ޑޮލަރުގެ މާކެޓް ކެޕިޓަލައިޒޭޓަނެއް ލިބިފައިވާ ކަމަށް ކޮއިން މާކެޓުން މި ފައިސާ ވަނީ ހޯދާފަ އެވެ. މި ފައިދާ އިތުރުވުމުގެ މުޅި ދުނިޔޭގައި މި ފައިސާ ވަނީ 24 ގަޑިއިރުގެ ވިޔަފާރި ވޮލިއުމް 42.2 ބިލިއަން ޑޮލަރަށް އުފުލިފަ އެވެ.
ޓްރަމްޕުގެ ކްރިޕްޓޯ ކަރަންސީއާއެކު އެމެރިކާގައި މުޅިން އަލަށް ވަނީ 500 މިލިއަނަރުން އުފެދިފަ އެވެ.
އިންތިހާބީ ރައީސް ޓްރަމްޕްވަނީ ކްރިޕްޓޯ ކަރަންސީގެ ވިޔަފާރި އެމެރިކާގައި ވަރުގަދަ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. މިގޮތުން މި ކަރަންސީގެ ވިޔަފާރިއަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލާނެ ކަމަށްވެސް އޭނާ ވައުދުވެޑައިގެންފައިވެ އެވެ.