ތާރީހީ ހެކި އެބަހުރި ؛ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫނޭ ނުބުނެވޭނެ: ނަޝީދު

ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި، ފޯޅަވައްސާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާ މަޝްވަރާކުރި ކަމަށާއި އެ މަޝްވަރާގައި ސަރުކާރުގެ އޭރުގެ ވިސްނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލު ކުުރުން ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު ފޯޅަވަހީ މައްސަލާގައި ސަރުކާރުގެ ވިސްނުމާ ދެކޮޅު ވިސްނުމެއް ގެންގުޅުއްވާ -- މަޖިލިސް

އިނގިރޭސީން ބަލަހައްޓަމުން ގެންދާ ފޯޅަވަހި އެއީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށާއި އެކަމަކު ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާހައެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީޖުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ރައީސް ނަޝީދު ވިދާޅުވީ ފޯޅަވައްސަކީ ޗާގޯސް އަތޮޅުތަކުގެ ތެރެއިން އަތޮޅެއް ކަމަށާއި ޔޫރަޕްގެ މީހުން އެ އަތޮޅަށް "ޕެރޯސް ބަންހޯސް" ނަމުން ކިޔައި އުޅޭ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓްތައް

ރައީސް ނަޝީދު ވިދާޅުވީ 1560 ވަނަ އަހަރު ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީފުޅެއްގައި އެ ރަދުން، ފޯޅަވަހީގެ ހަތް ރަށް އެއީ ދިވެހި ރާއްޖޭގެ ހަތް ރަށުގެ ގޮތުގައި ބަޔާން ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވަހި ހިމަނައިގެން ކަމަށާއި ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ކަމަށެވެ. ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނާނެ ކިތަންމެ ތާރީހީ އަދި ސާގާފީ ހެތްކެއް ވެސް އެބަހުރި ކަމަށެވެ.

އެ މަނިކުފާނު އިއްޔެ ވިދާޅުވި ގޮތުގައި ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ އެ ގައުމުގެ ތަނެއް ކަމަށް ކުރާ ދައުވާއަށް ދިވެހި ރާއްޖެއިން އެއްބަސްވާނަމަ އެބަސް ވެވެނީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލާށެވެ.

ފޯޅަވަހީގެ މައްސަލާގައި މަޖިލީހުގައި އޮތް ކުއްލި މައްސަލައިގެ ބަހުސްގެ ތެރޭ ރައީސް ނަޝީދު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރުމުން އެއީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން ދިވެހި ސަރުކާރުން އެ އެއްބަސްވީ ކަމަށެވެ.

"މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވެރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތް ކަަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި، ފޯޅަވައްސާ ބެހޭ ގޮތުން އިނގިރޭސި ސަރުކާރާ މަޝްވަރާކުރި ކަމަށާއި އެ މަޝްވަރާގައި ސަރުކާރުގެ އޭރުގެ ވިސްނުމަކީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލު ކުުރުން ކަމަށެވެ.

"އަޅުގަނޑު މިއަދު ދަންނަވާނަން އަޅުގަނޑު އޭރު ގެންގުޅުނު ވިސްނުން. އަޅުގަނޑުގެ މައިގަނޑު ވާހަކައަކީ އަޅުގަނޑުމެންގެ ތަނެކޭ ޑިއަގޯގާސިިއާ އަކީ. ފޯޅަވައްސަކީ އަޅުގަނޑުމެންގެ ތަނެކޭ، އެހެންވީމާ އެތަން އަޅުގަނޑުމެންނަކަށެއް ދޫކުރެވޭކަށް ނެތޭ،" ނަޝީދު ވިދާޅުވި އެވެ.

ޗާގޯސް އައިލޭންޑްސް އަކީ ކުރިން މޮރިޝަސްގެ އަތޮޅެކެެވެ. ނަމަވެސް، އިނގިރޭސި އިސްތިއުމާރު ގައުމުން ވަނީ، ޗާގޯސްގައި ދިރިއުޅެމުން ދިޔަ ރައްޔިތުން ބާލައި އެ ރަށްތަށް އިނގިރޭސިންގެ އަސްކަރީ ބޭނުންތަކަށް ނަގާފަ އެވެ. އެކަމާ ގުޅިގެން މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައެވެ. ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައްސަލަ ޖެހެނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް އިތުރަށް ފުޅާކޮށް، އާ ކޯޑިނޭޓްސް ކަނޑައަޅައި އައްޑޫން ފެށިގެން ދެކުނަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ އީއީޒެޑް ސަރަހައްދުގެ ތެރެއަަށް ހިމެނުމަށް ދިވެހި ސަރުކާރުން ހުށަހެޅުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.