އެންޓަނާ ޓަވަރުތައް ނަގައި ދެވޭކަށް އަދި ނެތް: ޝައުނާ

ރާއްޖޭގެ ރަށްރަށުގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭން ޖަހާފައިވާ ބޮޑެތި ޓަވަރުތަކަކީ މުޅި ރާއްޖެއަށް މުވާސަލާތީ ހިދުމަތްތައް ދިނުމުގައި ބޭނުންކުރާ އެންޓަނާތަކެކެވެ. އެ އެންޓަނާތައް ގާއިމުކުރި އިރު މަސައްކަތް ކޮށްފައިވަނީ އިދާރާތަކުގެ މަޝްވަރާއާއެކު އެކަމަށްޓަކައި ރަށު އޮފީސް ނުވަތަ ކައުންސިލުން ދޫކޮށްފައިވާ ބިންތަކުގަ އެވެ.

ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ

މުއާސަލާތީ ހިދުމަތް ދޭން އަތޮޅުތަކުގެ ރަށްރަށުގައި ޖަހާފައިވާ އެންޓަނާ ޓަވަރުތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ޖެއްސުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މުއާސަލާތީ ހިދުމަތަށް އެކި ރަށްރަށުގައި ޖަހާފައިވާ އެންޓަނަވާ ޓަވަރުތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމާ ގުޅޭގޮތުން ލިޔުމުން ޖަވާބު ހޯދަން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅި ސުވާލަކަށް އެކަމަނާ ދެއްވި ޖަވާބުގަ އެވެ.

ޝައުނާ ވިދާޅުވީ އެހެން ހުރި ހުރިހާ ޓަވަރެއް ޖަހާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑަށް އަދި ރައްކާތެރިކަމަށް ވެސް ބަލައިގެން ކަމަށެވެ،

"... ޓަވަރުތައް ގާއިމުކުރެވިފައި ވަނީ މުޅި ރާއްޖޭގެ ޖޯގްރަފީއަށް ރިއާޔަތްކޮށް ކަނޑައެޅިފައިވާ ލޮކޭޝަންތަކެއްގެ މައްޗަށް ނެޓްވޯކް ޑިޒައިން ކުރެވިގެނެވެ. މިފަދަ އެންމެ އެންޓަނާ ޓަވަރެއް ގުޑުވާލުމަކީ ވެސް މުޅި ރާއްޖޭގެ މުވާސަލާތީ ހިދުމަތްކަށް އޭގެން ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމެކެވެ،" ޝައުނާގެ ޖަވާބުގައި ވެއެވެ.

މިނިސްޓަރު ވިދާޅުވި އެފަދަ ޓަވަރެއް ނަގައިގެން އެހެން ތަނަކަށް ގެންދިއުމަކީ ވަރަށް ގޮންޖެހުން ބޮޑު އަދި އެކަމަށް ބޮޑު ހަރަދެއް ވެސް ހިނގާނެ ކަމެއް ކަމަށާއި އެންޓަނާ ޓަވަރުތައް މީހުން އުޅޭ ސަރަހައްދުތަކާއި ދުރަށް ޖެއްސުމަކީ މިވަގުތައް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޓަވަރުތައް ދުރަށް ޖެއްސިނަމަވެސް ރާއްޖޭގެ ރަށްތައް ތަރައްގީވަމުންދާ ގޮތަށް ބަލާއިރު އެ ސަރަހައްދު ވެސް ކައިރި މުސްތަގުބަލެއްގައި އާބާދުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.