އިންކަމް ޓެކްސް ބޮޑު ކުރާނެ ކަމުގެ އިޝާރާތް ދީފި

އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 450 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރި އެވެ. ނަމަވެސް މި އަހަރު މިހާތަނަށް ދެ ބިލިއަނެއްހާ ރުފިޔާ ވަނީ މި ޓެކުހުން ލިބިފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ -- މަޖިލިސް
  •  މި ޓެކުހަކީ މިހާރު އެންމެ ގިނައިން އާމްދަނީ ލިބޭ އެއް ޓެކްސް
  •  މި ޓެކްސް ނަގަން ފެށީ 2020 ވަނަ އަހަރު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް، މުއްސަނދިންގެ އަތުން ނަގާ އިންކަމް ޓެކްސް ވެސް ބޮޑު ކުރަން އުޅޭ ކަމުގެ އިޝާރާތެއް ފިނޭންސް މިނިސްޓަރު ދެއްވައިފި އެވެ.

މިއަދުގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ހަމައެކަނި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ހުށަހަޅަނީ ނޫން ކަމަށެވެ. އަދި ހަރަދު ކުޑަ ކުރަން ވެސް ފިޔަވަޅު އަޅަމުންދާ ކަމަށާ އިންކަމް ޓެކްސް ރޭޓަށް ބަދަލު ގެނައުމުގެ މަސައްކަތް ތަކެއް ވެސް ކުރާ ކަމަށެވެ.

"އިންކަމް ޓެކްސް ނަގަން ފެށިތާ މިވީ ދެވަނަ އަހަރު. އަޅުގަނޑުމެން އިތުރަށް [އިންކަމް ޓެކްސް] ރިވިއު ކުރުމުގެ މަސައްކަތް ތަކެއް އެބަ ކުރަން. އިންކަމް ޓެކްސްގެ ބުރެކެޓްސްތައް ވެސް ވަނީ މަޖިލީހުން ބަދަލުވެފައި. އަޅުގަނޑު ދެކޭ ގޮތުގައި ހަޔާ ރޭޓްސްތައް މުރާޖައާ ކުރުމަކީ ކުރަން އެންމެ ރަނގަޅު ކަމެއް،" އަމީރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މުޅި ޓެކްސް ރެޖީމް އެއްކޮށް މުރާޖައާ ކުރުމުގެ މަސައްކަތް ތަކެއް ވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ޓީމެއް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ރިވިއު ކުރުމުގެ ތެރޭގައި އިންކަމް ޓެކްސް ވެސް އެހެން ގާނޫނުތައް ވެސް ރިވިއުކޮށް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނަން،" އަމީރު ވިދާޅުވި އެވެ.

އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ 2020 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އިންކަމް ޓެކްސް ނަގަން ހުށަހެޅީ 40،000ރ. އަށްވުރެ ބޮޑު އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. ނަމަވެސް މަޖިލީހުން އިސްލާހު ނެގެސް ފާސް ކޮށްފައި ވަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އިންކަމް ޓެކްސް ދައްކާ ރޭޓް ދަށް ކުރުމުގެ ކުރީގައި މި ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދަކީ 5،866 މީހުންނެވެ. ނަމަވެސް އިންކަމް ޓެކްސް ދައްކަން ޖެހޭ އަދަދު 60،000ރ. އަށް ދަަށް ކުރުމާއެކު މި ލިސްޓުން 2،600 މީހުން މަދުވެ، މި ޓެކްސް ދައްކަން ޖެހޭނެ ކަމަށް ލަފާ ކޮށްފައިވަނީ 3200 މީހުންނެވެ. މި ބަދަލާއެކު ކުރިން އަންދާޒާ ކުރި ޓެކްސް ނެގި އަހަރު 705 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް މި ބަދަލުން 200 މިލިއަން ރުފިޔާ މަދުވެގެން ދިޔަ އެވެ.

އިންކަމް ޓެކްސް މިހާރު ނަގާ އަދަދު

  •  މަހަކު 60،000ރ. އަށް ވުރެ ބޮޑު ނުވަތަ 100،000ރ. ކުޑަ އާމްދަނީ: 5.5 ޕަސެންޓް
  •  100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ : އަށް ޕަސެންޓް
  •  150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ : 12 ޕަސެންޓް
  •  އާމްދަނީ 200،000ރ. އަށް ވުރެ މަތި: 15 ޕަސެންޓް

އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 450 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރި އެވެ. ނަމަވެސް މި އަހަރު މިހާތަނަށް ދެ ބިލިއަނެއްހާ ރުފިޔާ ވަނީ މި ޓެކުހުން ލިބިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.