އަންހެން މީހާއަށް އަނިޔާ ކުރުމުގެ ތުހުމަތު އޮތީ އޭނާގެ ސްޕޮންސަރަށް ނުވަތަ ވަޒީފާ ދީފައިވާ ފަރާތަށެވެ.
އއ. ތޮއްޑޫގައި ވަޒީފާ އަދާކުރާ ތައިލެންޑް އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.
އަންހެން މީހާއަށް އަނިޔާ ކުރުމުގެ ތުހުމަތު އޮތީ އޭނާގެ ސްޕޮންސަރަށް ނުވަތަ ވަޒީފާ ދީފައިވާ ފަރާތަށެވެ.
ފުރުލުން ބުނެފައި ވަނީ މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު 18:50 ހާއިރު ކަމަށެވެ. މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައިގައި އަންހެން މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލް އަދި އަނިޔާ ކުރި ކަމަށް ބުނާ މީހާ ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.