ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާގެ H9-20-11 އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓަކުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމެންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިޔާގެ H9-20-11 އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި، އޯޝަންބްލޫ، ޢަބްދުﷲ ހަސަން (41އ) އާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ، ވަލުތެރޭގެ، ޢަބްދުﷲ ޖަމީލު (32އ) އެވެ.
އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
ދާދިފަހުން ހަމަ އެ ފްލެޓްގައި ރަހީނުކޮށްގެން ގެންގުޅުނު މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ. އެ މައްސަލައިގައި 12 މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ ވެސް މަސްތުވާތަކެއްޗާ ގުޅޭ މައްސަލަ އެކެވެ.