އެފްއެސްއެމްގެ އެމްޑީއަކަށް އާޝާން އައްޔަނުކޮށްފި

އެސްޓީއޯ އިން ބުނީ މިއީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ އެންމެ އިސްވެރިއަކަށް އަންހެނަކު އައްޔަނު ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އެފްއެސްއެމްގެ އެމްޑީއަކަށް އައްޔަނު ކުރި ފާތިމަތު އާޝާން

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ފާތިމަތު އާޝާން މިއަދު އައްޔަނު ކޮށްފި އެވެ.

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ކުރީން ފުރުއްވި އާޝާން އެ މަގާމަށް އައްޔަނު ކޮށްފައިވާ ކަން އެސްޓީއޯ އިން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އެސްޓީއޯ އިން ބުނީ މިއީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ އެންމެ އިސްވެރިއަކަށް އަންހެނަކު އައްޔަނު ކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އެފްއެސްއެމްގެ އެމްޑީއަކަށް އައްޔަނު ކުރި ފާތިމަތު އާޝާން އެސްޓީއޯގެ ވެރީންނާ އެކު

އެފްއެސްއެމަށް އާ މެނޭޖިން ޑިރެކްޓަރެއް މި އައްޔަނު ކުރީ ކުރީން އެ މަގާމުގައި ހުރި އިސްމާއިލް ސުހައިލް އިސްތިއުފާ ދިނުމުންނެވެ. އޭނާ އިސްތިއުފާ ދިން ވަކި ސަބަބެއް ސާފެއް ނުވެ އެވެ.

ނަމަވެސް ސުހައިލުއާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެނގިފައިވެ އެވެ.

އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެއިން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގު. ވެސް ކުރަމުންނެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް 10 މީހަކާއި ދެ ގެއާއި ތެޔޮ އުފުލާ ދެ ބާޖު ބަލައިފާސްކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލުހުންގެ މި އޮޕަރޭޝަންތަކުގައި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.