މި ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދީ ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަަށެވެ.
ނިޔާވީ ހަތަރު މަހުގެ ކުއްޖެކެވެ. ފުލުހުން ބުނީ ގުރައިދޫ ގައި ހަތަރު މަހުގެ ކުއްޖަކު ނިޔާވި މައްސަލައެއް މިއަދު ރިޕޯޓް ކޮށްފައިވާ ކަމަަށެވެ. އަދި މި ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދީ ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަަށެވެ.
އެ ހާދިސާއާ ގުޅިގެން ތަފާތު ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. ރޭ ދަންވަރު ދެއަކާއި ތިނަކާ ދެމެދު ގުރައިދޫ ގައި ހަަތަރު މަހުގެ ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ. އެ މަރުގެ ހަގީގަތް ސިއްރު ނުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.