އެފްއެސްއެމް ތެލުގެ ވައްކަމާ ގުޅޭގޮތުން ބާއްވާ ކޮމެޓީ ސިއްރުކޮށްފި

މި މައްސަލަ ބެލުމަށް މާލިއްޔަތު ކޮމެޓީއަށް މިއަދު ހާޒިރުކޮށްފައި ވަނީ މައި ކުންފުނި، އެސްޓީއޯގެ ބޯޑު މެންބަރުންނެވެ.

މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެއިން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރިކަމަށް ތުހުމަތުވާ މައްސަލަ ބެލުމަށް މިއަދު ބާއްވާ މާލިއްޔަތު ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މި މައްސަލަ ބެލުމަށް މާލިއްޔަތު ކޮމެޓީއަށް މިއަދު ހާޒިރުކޮށްފައި ވަނީ މައި ކުންފުނި، އެސްޓީއޯގެ ބޯޑު މެންބަރުންނެވެ. 

ބައްދަލުވުން ފެށުމާއެކު ކޮމެޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެ ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މިފަދަ މައްސަލައެއް ތަހުގީގު ކުރަމުންދާކަން އެނގުނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

އިހުސާން ވިދާޅުވެފައި ވަނީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް ކުންފުނީގެ ތެލުން ވައްކަންކޮށް އެ ވައްކަމުން ހޯދާ ފައިސާ ލޯންޑާކުރަމުންދާ ކަމަށް ޝައްކުވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް 10 މީހަކާއި ދެ ގެއާއި ތެޔޮ އުފުލާ ދެ ބާޖު ބަލައިފާސްކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލުހުންގެ މި އޮޕަރޭޝަންތަކުގައި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުން ހޯދާފައިވެ އެވެ.

ކޮމެޓީއަށް އެސްޓީއޯ ބޯޑު މެންބަރުން ހާޒިރުކޮށްފައި ވަނީ ތެލުގެ ވައްކަމުގެ ގިނަ ތުހުމަތުތަކެއް ފެންމަތިވެފައި ވަނިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.