ތޮއްޑޫގެ މަގުތައް ހެދުމާއެކު، ޑޮލަރު އޭޓީއެމްއެއް ގާއިމުކުރަނީ

ތޮއްޑޫގައި މަގުހެދުމުގެ އިތުރަށް އެރަށުގެ ސިއްހީ މަރުކަޒު ތަރައްގީކޮށް އެ ރަށުގައި ޑޮލަރު އޭޓީއެމް މެޝިނެއް ބަހައްޓަވާނެކަން ރައީސް އިއުލާނު ކުރެެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

އއ.ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްދާނެ ކަމަށާއި، އަދި އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އއ.އަތޮޅާއި ކ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އއ.ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އެ ރަށުގެ ތަރައްގީއަށް އަންނަ އަހަރު ކުރައްވަން ނިންމަވާފައިވާ މުހިއްމު ބައެއް މަސައްކަތްތަކަށް އަލިއަޅުވައިލައްވައި ވާހަކަދައްކަވާފަ އެވެ. 

އެގޮތުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ކުރައްވާނީ ރައްޔިތުން ބޭނުންވާ ކޮންސެޕްޓެއްގައި، ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމުގަ އެވެ. 

އެގޮތުން މިހާރު އެމަނިކުފާނަށް މައުލޫމާތު ލިބިވަޑައިގަންނަވާ ގޮތުން ތޮއްޑޫ ރައްޔިތުން ބޭނުންވަނީ ގައު އަޅައިގެން މަގުތައް ހެދުމަށް ކަަމަށާއި، އެއީ އެ ރަށުގައި ކުރިއަރަމުން އަންނަ ޓޫރިޒަމްގެ ވިޔަފާރިއަށްވެސް އެންމެ ފަހިވާނެ ގޮތްކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. 

މިހާރު އެ ރަށުގައި ހުރި ސިއްހީ މަރުކަޒަކީ އެކަށީގެންވާ މަރުކަޒެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވިދާޅުވި ފަދައިން އެ ރަށުގެ ސިއްހީ މަރުކަޒު ފުޅާކޮށް އިތުރު ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތްވެސް އަންނަ އަހަރު ކުރިއަށްދާނެ ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ރަށުގައި އޭލެވެލްއާ ހަމައަށް އެއް ދަންފަޅީގައި ކިޔަވައިދެވޭ މިންވަރަށް ސުކޫލު ތަރައްގީކުރެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅަކަށްވާތީ އެ މަސައްކަތްވެސް އަންނަ އަހަރު ކުރައްވާނެ ކަމަަށެވެ. އެގޮތުން އެ ރަށު ސްކޫލުގެ ބިމުގައި އައު ކްލާސް ރޫމުތަކެއް ބިނާކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރަށް ތޮއްޑޫއަކީ ޓޫރިސްޓުން ގިނަ އަދަދަކަށް އަންނަ ރަށަކަށް ވެފައި އެ ރަށުގައި މިހާރުވެސް 50 އެއްހައި ގެސްޓުހައުސް ހިންގަަމުންދާއިރު ރަށުގައި ތިބެގެން ރައްޔިތުންނަށް ޑޮލަރު ލިބޭނެ މަގުފަހިކުރުމަށް އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކުރައްވަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.