ތޮއްޑޫ ކައުންސިލު ކުންފުންޏަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ: ރައީސް

ތޮއްޑޫ ކައުންސިލުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުންޏަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ތޮއްޑޫ ރައްޔިތުންނާ ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ލޯކަލް ކައުންސިލުތަކުގެ ގާނޫނުގެ ދަށުން އުފެއްދި ފުރަތަމަ ކައުންސިލު ކުންފުނިކަމަށްވާ އއ.ތޮއްޑޫ ކައުންސިލުގެ ކުންފުންޏަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އއ.އަތޮޅުގެ ބައެއް ރަށްތަކަށާއި ކ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި މިއަދު އެމަނިކުފާނުވަނީ ތޮއްޑޫއަށް ވަޑައިގެންފަ އެވެ. ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އެ ރަށުގެ ތަރައްގީއަށް އަންނަ އަހަރު ސަރުކާރުން ކުރާނެ މަސައްކަަތްތަކުގެ މައްޗަށް އަލިއަޅުވައިލައްވާފަ އެވެ. 

ތޮއްޑޫއަކީ ވަރަށް މަސައްކަތްތެރި މުރާލި ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަަމުން ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމަކީ އެ ރަށުގެ ރައްޔިތުން ރަށުގައި ތިބެގެން ތަރައްގީކުރަމުން އަންނަަ ދެ ސިނާއަތްކަމަށް ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ފާހަގަަކުރެއްވި ގޮތުގައި ކައުންސިލުގެ ފަރާތުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އެ ރަށުގައި ގާއިމުކޮށްފައިވާއިރު، އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން މާލޭގައިވެސް އެފަދަ ކުންފުންޏެއް އުފެއްދުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވިކަން ރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެއިރު އޮތް ސަރުކާރުން އެމަނިކުފާނަަށް އެ ފުރުސަތު ނުދިން ކަމަށެވެ. 

ރައީސް ވިދާޅުވީ ކައުންސިލުގެ ފަރާތުން އެ ކުންފުނި މެދުވެރިކޮށް ތޮއްޑޫ ރައްޔިތުންގެ މުއްސަނދިކަމާއި ތަނަވަސްކަން އިތުރުކުރުމަށްޓަކައި ހިންގަން ބޭނުންވާ ކޮންމެ މަސައްކަތެއް ހިންގުމަށް އެމަނިކުފާނު ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ތެރެއިން ދެއްވާނެ ކަމަށެވެ. 

އެގޮތުން އިންވެސްޓުމެންޓު ހޯދުންކަމަށްވީ ނަމަވެސް ނުވަތަ އެނޫން ކަންކަން ކަމުގައިވީ ނަމަވެސް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި، އެކަމުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. 

"ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، އެ ކުންފުނިން ހިންގަވަން ބޭނުންވާ މަޝްރޫއުތަކުގައި ފުރިހަމަ އެއްބާރުލުން ސަރުކާރުގެ ތެރެއިން ފުރިހަމައަށް ދޭނަމޭ،" ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރަށް ތޮއްޑޫގެ މަގުތައް ރަނގަޅު ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްގެންދަވާނެ ކަމަށާއި، އެރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމަކީވެސް އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރު ކުރިއަށްދާނެ މަޝްރޫއެއްކަމަށް ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.