ރައީސްގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ އއ. ތޮއްޑޫ އެވެ. އެމަނިކުފާނު މިހާރު ވަނީ އެރަށަށް ވަޑައިގެންފަ އެވެ. އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ބައްދަލުވުންތަކުގައި އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ އއ. ތޮއްޑޫ އެވެ. އެމަނިކުފާނު މިހާރު ވަނީ އެރަށަށް ވަޑައިގެންފަ އެވެ. އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ރައީސްގެ މިދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑަިގަންނަވާނެ އެވެ.