މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެކުނުގެ ރަށެއްގެ ސްކޫލުގެ ދަރިވަރުންތަކެއް ގްރޫމްކޮށްގެން ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ހައްޔަރުކޮށް ބަންދު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މ،ފ،ދ،ތ އަދި ލ، އަތޮޅުގައި ހިމެނޭ ރަށެއްގައި ސްކޫލުގެ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކޮށްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު އެވެ.
ފުލުހުން އޭރު އިތުރު މައުލޫމާތު ހާމަނުކުރި ނަމަވެސް އެ ކުދިން ގްރޫމް ކުރުމަށްފަހު ޖިންސީ ގޯނާ ކޮށްފައިވާކަމުގެ މައުލޫމާތު "މިރާ" އަށް ވަނީ ލިބިފަ އެވެ. އަދި މިކަން ކޮށްފައިވަނީ ދިވެހި ފިރިހެން ޓީޗަރެކެވެ.
މި މައްސަލައާ ގުޅޭ ތަފްސީލު މިއަދު ދެމުން ފުލުހުން ބުނީ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ފުރަތަމަ ފަހަރު 20 ދުވަހަށް އަދި ދެވަނަ ގަހަރު 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެކެވެ.