ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތުކަމަށް ބުނެ ހާމަނުކުރި

އެ މީހުންގެ ނަންތަކާއި އެ މީހުން މަސައްކަތްކުރި ވުޒާރާތަކުގެ މައުލޫމާތަކީ މައުލޫމާތަކީ ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫނުކުރެވޭނެ މައުލޫމާތެއް ކަމުގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ސަރުކާރުން އަޅަން ނިންމާފައިވާ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ސިޔާސީ ވަޒީފާތަކުން ވަކިކުރި 228 މީހުންގެ މައުލޫމާތަކީ ޒާތީ މައުލޫމާތުތަކަށްވާތީ ހާމަނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގައިފި އެވެ. 

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުންވަނީ ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގެ ތެރެއިން ސަރުކާރުން ސިޔާސީ ވަޒީފާތަކުން ވަކިކޮށްފައިވާ ފަރާތްތަކުގެ އަދަދާއި އެ ފަރާތްތައް މަސައްކަތްކުރި ވުޒާރާތަކުގެ ތަފުސީލު ހޯދުމަށް ހުށަހަޅާފަ އެވެ. 

ރައީސް އޮފީހުން ދިން ޖަވާބުގައި ބުނެފައިވަނީ އޮކްޓޯބަރު 31 ވަނަ ދުވަހުގެ ނިޔަލަށް 228 ސިޔާސީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިފައިވާ ކަމަށެވެ. 

އެ ވަކިކުރި މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތެއް ކަމަށާއި، އެ މުވައްޒަފުން މަސައްކަތްކުރާ މިނިސްޓްރީތަކުގެ މައުލޫމާތު ހާމަކޮށްފިނަމަ އެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ހާމަވެދާނެކަމަށް ގަބޫލުކުރެވޭތީ، އެ މީހުންގެ ނަންތަކާއި އެ މީހުން މަސައްކަތްކުރި ވުޒާރާތަކުގެ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫނުކުރެވޭނެ މައުލޫމާތެއް ކަމުގައި ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ވަކިކުރި މުވައްޒަފުންގެ މަގާމުތަކާއި އަދަދުތައް ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ތަފުސީލުކޮށް އާންމުކުރެއްވިކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ރައީސްގެ ޕޯސްޓުގައިވާ ގޮތުން ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 103 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން މަގާމުން ވަކިކުރަން ވަނީ ނިންމާފަ އެވެ. އަދި 69 ޕޮލިޓިކަލް ޑައިރެކްޓަރުން މަގާމުން ވަކިކުރާން ވެސް ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.