ކުއްޖަކަށް ޖިންސީ ގޯނާ ކުރި މުދިމު މަސް ދުވަަހަށް ބަންދު

އެ ފިރިހެން މީހާ އަކީ ރަށެއްގެ މުދިމެއް ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރަނީ އޭނާ ހިންގާ ގުރުއާން ކްލާހަށް ދާ ކުއްޖަކަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މައި އިދާރާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރު ކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ރަށެއްގައި މުދިމަކު އޭނާ ކައިރިއަށް ގުރުއާން ކިޔަވަން ދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަމުންދާ ކަމަށް ބުނީ އިއްޔެ އެވެ. ފުލުހުން އިއްޔެ ބުނީ ސައުތު ސެންޓްރަލް ޕޮލިސް ހިމެނޭ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރެވޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ފިރިހެން މީހާ އަކީ ރަށެއްގެ މުދިމެއް ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރަނީ އޭނާ ހިންގާ ގުރުއާން ކްލާހަށް ދާ ކުއްޖަކަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން، ކުއްޖާގެ އޮތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރު އެވެ. މި މައްސަލައިގައި ހިމެނެނީ ސައުތު ސެންޓްރަލް ރީޖަންގެ މ. ދ. ދ. ތ. އަދި ލ. އަތޮޅެވެ.

ފުލުހުން މިއަދު ބުނީ އެ މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.