މަޖިލީހުގެ 241 ކޮމެޓީގައި ގޭމްއިން ވަނީ އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމުގެ މައްސަލާގައި ގިނަ މައުލޫމާތުތަކެއް ދީފަ އެވެ.
އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ ހުރިހާ މީހުން ރާއްޖެ އައުން މަނާ ކުރުމުގެ ބަދަލުގައި ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އިން ބޭނުންވަނީ ހަމައެކަނި އިޒްރޭލު ވެރިން ރާއްޖެ އައުން މަނާ ކުރަން ކަމަށް ބުނެފި އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ މައްސަލާގައި ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކުގެ ހިޔާލު ހޯދަން ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގައި މިއަދު މައުލޫމާތު ދެއްވަމުން އެންއެޗްގޭމްގެ ރައީސް އަހުމަދު ވަހީދު ވިދާޅުވީ އިޒްރޭލުގައި އުސޫލުތައް އޮންނަ ގޮތުން ކޮންމެ ޔަހޫދީއަކަށް ވެސް އެ ޕާސްޕޯޓު ހޯދުމުގެ ފުރުސަތު އޮވެ އެވެ. އެހެންވެ ޔޫރަޕާއި އެމެރިކާގެ ގިނަ މީހުން އަތުގައި ވެސް އެ ޕާސްޕޯޓު އޮންނަ ކަމަށާ
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން ތާއީދު ކުރަނީ އިޒްރާއިލް ސިފައިންވެސް ނުހިމެނޭ ގޮތަށް ހަމައެކަނި އިޒްރޭލް ވެރިން ރާއްޖެ އައުން މަނާ ކުރާ ގޮތަށެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހަޅާފައިވަނީ އެމްޑީޕީގެ ވެރިކަމުގެ އެންމެފަހުގެ ދުވަހު ނޮވެބަރު 15 ވަނަ ދުވަހު އެވެ. ފުރިހަމަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ހާރިޖީ ކޮމިޓީއިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން އެކަން އަންގާފަ އެވެ. މިގޮތަށް ނިންމީ އޭރު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއަކާ ގުޅިގެންނެވެ.
ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ނިންމީ އެ ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރުގައި އެދުމަށެވެ. ނަމަވެސް އެ ނިންމުން އެގޮތުގައި އޮއްވައި މިހާރު ހިންގާ 20 ވަނަ މަޖިލީސް ހުވާކުރި ގޮތަށް މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު އެމްޑީޕީ މެންބަރު މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގުރޭޝަން ގާނޫނު) ގެ އަށްވަނަ މާއްދާގެ ހ. ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ. އަދި އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރުމާ ގުޅޭ ކަމެއްގައި ކެބިނެޓުން ގޮތްތަކެއް ނިންމާފަ އެވެ. ކެބިނެޓުން ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަން ނިންމާފަ އެވެ. އޭގެފަހުން މި ބިލު ބަލައިގަނެ ކޮމެޓީއަށް ފޮނުވާފަ އެވެ. އަދި މި މައްސަލާގައި ގޮތެއް ނިންމުން ލަސްވެ އަންނަ އަހަރުގެ ފެބްރުއަރީއަށް ފަސްކުރި އެވެ. ނަމަވެސް ފަހުން މަޖިލީހުގެ 241 ކޮމެޓީން ވަނީ މި މައްސަލަ އަވަސް ކުރަން ނިންމާފަ އެވެ. އަދި މިހާރު ވަނީ މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ދާއިރާތަކާ ގުޅުންހުރި ފަރާތްތަކުން ހިޔާލު ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.