10 ބޭފުޅަކަށް ޝަރަފު، 19 ބޭފުޅަކަށް ހިތްވަރު، ޖަލްސާ މާދަމާ ރޭ

ރައީސް އޮފީހުން މިއަދު ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި، އާންމުންގެ ތިން މީހަކަށް ދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހުމް މުހައްމަދު ސޯލިހު މީގެ ކުރިން ގައުމީ އިނާމް ދިނުމަށް ބޭއްވި ޖަލްސާއެއްގައި ބޭފުކަށް މެޑަލް ދެއްވަނީ

މިއަހަރުގެ ގައުމީ އިނާމް ދިނުމުގެ ހާއްސަ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދުތައް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި، އާންމުންގެ ތިން މީހަކަށް ދޭން ނިންމާފައިވާ ކަމަށެވެ.

ޝަރަފްވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 10 ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގަ އެވެ. މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.