ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އެތެރެކުރި ކާގޯގެ ނިސްބަތް ވަނީ އެއް އަހަރުތެރޭ 16 ޕަސެންޓް އިތުރުވެފަ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިސް ނެގުމަކަށް ކަނޑުމަގުން މުދާ ގެނެސް ވައިގެ މަގުން ޔޫރަޕަށް ފޮނުވަން ފެށި "ސީ ޓު އެއާ" ވިޔަފާރިން ކުރު މުއްދަތެއްގެ ތެރޭ ތިން މިލިއަން ޑޮލަރު އިގްތިސޯދަށް ވަދެއްޖެ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި ގޮތުގައި ސީޓު އެއާ ކާގޯ އިގުތިސާދީ އިތުރުވެ މިހާތަނަށް ތިިން މިލިޔަނަށްވުރެ ގިނަ ޑޮލަރު ވަނީ އިގްތިސޯދަށް ވަދެފަ އެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރެއްވުމަށްޓަކައި އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ފެށްޓެވި މަސައްކަތް ޕުޅުތަކުގެ ތެރޭ ހިމެނޭ “ސީޓު އެއާ ކާގޯ” ގެ ޚިދުމަތް ވަރަށް ބާރަށް ފުޅާ ވަމުން އެބަދެ އެވެ.
އެމްޕީއެލް އިން އިސް ނަގައިގެން އެމްއޭސީއެލް އާއި ކަސްޓަމްސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު ފަދަ އިދާރާތައް ގުޅިގެން މި ވިޔަފާރި ފެށީ މިއަހަރުގެ މެއި މަހު އެވެ.
އެމްޑީ ވަޖީހު ވިދާޅުވި ގޮތުގައި އީ ރާއްޖޭގެ އިގުތިސާދަށް ބޮޑު މަންފަޢަ އެއް ކުރާނެ ސިނާޢަތެއްގެ ގޮތުގައި ތަރައްގީ ވަމުންދާ ބޮޑު ވިޔަފާރިއަކަށްވާނެ އެެވެ.
ހިސާބުތައް ދައްކާގޮތުން މިހާތަނަށްކަޑުމަގުން ރާއްޖެ އައި 210 ކޮންޓެއިނަރު އިން 10 މިލިއަން ކިލޯގެ މުދާ ވަނީ ދުނިޔޭގެ އެކި ގައުމު ތަކަށް ވައިގެ މަގުން ފޮނުވިފަ އެވެ. މި މުދާ ރާއްޖެ އިން ބޭރަށް ގެންދިއުމުގައި 11 އެއާލައިން އަކުން ދަނީ ބައިވެރި ވަމުންނެވެ. މުދާ ފޮނުވޭ ގައުމު ތަކުގެ ތެރޭ، އެމެރިކާ އާއި ކެނެޑާ އިގިރޭސި ވިލާތް އަދި ޔޫރަޕުގެ ގައުމު ތައް ހިމެނެ އެވެ.
ވަޖީހު ވިދާޅުވި ގޮތުގައި މިހާތަނަސް ރާއްޖެއަށް އެތެރެކުރާ މުދަލުގެ ނިސްބަތްވެސް ވަނީ ބޮޑުތަނުން އިތުރު ވެގެން ގޮސްފަ އެވެ.
ރާއްޖެއަށް 17 ނޮވެމްބަރު 2022 އިން 16 ނޮވެމްބަރ 2023 އަށް ރާއްޖެ އައި ކާގޯ ގެ އަދަދުތައް ދައްކާ ގޮތުން
ކޮންޓެއިނަރު ޓީއީޔޫސް (ތުރޫޕުޓު) ގެ އަދަދު ހުރީ 123967 ގަ އެވެ. އަދި ޖެނެރަލް ކާގޯ 118710 ފުރައިޓު ޓަންސްއަށް އަރަ އެވެ.
މި ހިސާބު ތައް ދައްކާގޮތުން، މި ވެރިކަމުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖެ އައި ކާގޯގެ އަދަދު ވަނީ އެއިގެ ކުރީ އަހަރާ އަޅާ ބަލާ އިރު 16 ޕަސެންޓް އިތުރު ވެފައެވެ. އެއީ، ކޮންޓެއިނަރައިޒް ކާގޯ %9 އަދި ޖެނެރަލް ކާގޯ %22 އިތުރު ވުމެކެވެ.