އެމްޑީ ހުސެއިން ފަހުމީއަށް ލިބިވަަޑައިގެންފައިވަނީ އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް އެވެ،
ސްޓެލްކޯ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއަށް އޭޝިއާ ސަރަހައްދުގެ ކުންފުނިތަކުގެ ވެރިންނަށްދޭ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.
ސްޓެލްކޯގައި 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު މިހާރު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ފަހުމީ އަށް ލިބިވަޑައިގެންފައިވަނީ އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024 އެވެ.
އިންޑަސްޓްރީތަކުގެ ޗެމްޕިއަނުންނަށްދޭ މި ޝަރަފުވެރި އެވޯޑު ފަހުމީއަށް ލިބިވަޑައިގެންފައިވާއިރު މީގެ ކުރިން ރާއްޖޭގެ ކުންފުންޏެއްގެ ވެރިއަކަށް މި އެވޯޑު ލިބިފައެއް ނުވެ އެވެ.
އެވޯޑް ދޭއިރު ބަލާ ކަންކަން - މި އެވޯޑު ދޭއިރު ދުނިޔޭގެ އެންމެ މަޝްހޫރު ބައެއް ކުންފުނިތަކަށް ލިބިފައިވާ މިއެވޯޑް ދިނުމުގައި އެކުންފުންޏަކުން ދޭ ހިޚިދުމަތް ކުރިއަރަމުން އަންނަ ފެންވަރަށާއި ދެމެހެއްޓެނެވި ގޮތުގައި ހިދުމަތް ފޯރުކޮސްދޭން ކުރާ މަސައްކަތްތަކަށާއި ކުންފުނީގެ ހިންގުން ހަރުދަނާކުރަން ކުރާ މަސައްކަތްތަކަށާއި ނެރޭ ނަތީޖާތަކަށް ވެސް ބަލަ އެވެ.