ރައީސް މިރޭ ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް ސަރުކާރުން މަސް ކޭހެއް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެކަން އެގޮތުގެ ކުރިއަށް ގެންދަން ސަރުކާރުގެ މަސް ކުންފުނި -- މިފްކޯއަށް އަންގާފައިވާ ކަމަށެވެ.
އެ ނިންމުން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒެވެ. އެމަނިކުފާނުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ސޯޝަލް ސެންޓަރު ގައި އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރޯދަ މަހު ރައްޔިތުންނަށް ކޮންމެވެސް ހަދިޔާއެއް ދެއްވާން ބޭނުންފުޅުވާ ކަމަށެވެ.
އެގޮތުން މިދިޔަ ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް ފުށާއި ހަނޑޫ ދީފައިވާ ކަން ފާހަގަ ކުރެއްވި އެވެ. މިދިޔަ އަހަރު ސަރުކާރުން ދިނީ ކޮންމެ ގޭބީސީއަކަށް 10 ކިލޯ ފުށާއި 10 ކިލޯގެ ހަނޑުލެވެ.