އަށް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ. އެކަކު ފަސް ދުވަހަށް އަދި އަނެއް ތިން މީހުން އިތުރު އަށް ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
ހިޔާ ފްލެޓެެއް ގައި މީހަކު ރަހީނުކުުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފި އެވެ.
މީހަކު ރަހީނު ކުރުމުގެ މި ހާދިސާ ހިނގީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ގުޅެނީ ފައިސާގެ މުއާމަލާތްތަކަކާ ކަމަށް އެނގިފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިން އުފެދުނު މައްސަލަ ކަމަށް ވެސް އެނގިފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ރަހީނުކޮށްފައިވާ މީހާ ހުރި އެޕާޓްމަންޓަށް ފުލުހުން ދިޔައިރު އޭނާގެ ބޮލާއި ތުނބުޅި މަތިމަސް ވަނީ ބާލާފަ އެވެ. އަދި އިންޒާރު ދީ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެފައިވާ ކަމަށް އެ މީހާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެވަގުތު އެޕާޓްމަންޓް ގައި 12 މީހަކު ތިއްބެވެ. އެ މީހުން ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ހާޒިރުކުރުމުން އަށް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އެކަކު ފަސް ދުވަހަށް އަދި އަނެއް ތިން މީހުން އިތުރު އަށް ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ އެމީހާ ރަހީނުކުރި އެޕާޓްމަންޓަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުން ކުރާ ތަނެއް ކަމަށާ މީގެ ކުރީން ވެސް އެތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެތަނުން އެރޭ ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށާ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުވޭ ފިލްމު ހުސްކުރި ދަޅަކާއި 19 ސެލޯފިންކޮޅާއި 14 ރަނބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް ބެލެވިގެން ޔޫރިން ދިނުމަށް އެދުނު ކަމަށާ އެކަމަށް އެކަކު ދެކޮޅު ހެދި ކަމަށެވެ. އެ މީހުންގެ ތެރެއިން އެކަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ވެސް ބުންޏެވެ. އެއީ އެ އެޕާޓްމަންޓްގެ ވެރި ފަރާތެވެ.
ފުލުހުން ވަނީ އެ މީހާގެ މައުލޫމާތު ވެސް ހާމަކޮށްފަ އެވެ. ހިޔާގެ އެ އެޕާޓްމަންޓްގެ ވެރިފަރާތަކީ ލ. މާވަށް، ޖަމީލާ މަންޒިލް އާދަމް ހުސައިން 48 އަހަރު އެވެ.