ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަަމަށެވެ. ނަމަވެސް ޝަރުތުތަކުގެ ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ރާކަނި ބީޗުގައި ދެ މީހެއްގެ މެެދުގައި މާރާމާރީ ހިންގި މައްސަލައެއް ރޭގެ ވަގުތެއްހައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ވަނަވަރާއި ފޮޓޯ ވެސް ވަނީ އާންމުކޮށްފަ އެވެ.
އެއީ ހ. ހޯގުޅާމަންޒިލް، މުހައްމަދު ޝަމްއޫން އެވެ. އުމުރުން 41 އަހަރުގެ އެ މީހާގެ ފޮޓޯ އާންމުކުރިއިރު އޭނާ ލައިގެން ހުރި ޓީޝާޓް ގައި ލޭ ތިކިތައް ވެސް ހުއްޓެވެ. އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށް ފަހު ދޫކޮށްލާފައިވާ ކަަމަށެވެ. ނަމަވެސް ޝަރުތުތަކުގެ ތަފްސީލެއް ނުދެ އެވެ.
ޝަމްއޫން އަކީ ނިމިދިޔަ މަޖިލީސް އިންތިހާބު ގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓެކެވެ. އޭނާ ވާދަކުރީ ނޮޅިވަރަމް ދާއިރާ އަށެވެ.