މިހާތަނަށް 11 ރަށާއި ފަޅު ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވިފައިވާކަމަށާއި، އެ ތަންތަނުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 32.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީކުރަން ހުޅުވައިލި ރަށްތަކުގެ ތެރެއިން 11 ރަށެއް މި އަހަރު ދޫކޮށް އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 3.6 މިލިއަން ޑޮލަރު ލިބިއްޖެ އެވެ.
ފާއިތުވި ފަސް އަހަރު އެތައް ފަހަރެއްގެ މަތިން ގިނަ އަދަދެއްގެ ރަށް ދޫކުރަން އިއުލާނުކުރި ނަމަވެސް ދޫކުރެވިފައިވަނީ އެންމެ ދެ ރަށެވެ. އަދި އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ހޯދިފައިވަނީވެސް ވަރަށް މަދު އަދަދެއްގެ ފައިސާ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތައް އިންވެސްޓަރުންނާ ހިއްސާކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރެވުނު ކަމަށެވެ.
އެގޮތުން އިންޑިޔާގެ ނިއުދިއްލީއާއި، މުމްބާއީ އަދި ބެންގަލޫރުގައި ބިޒްނަސް ފޯރަމުތަކެއް ބާއްވައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓުމެންޓުގެ ފުރުސަތުތައް އިންޑިޔާ ފަތުރުވެރިންނާ ހިއްސާކުރި ކަމަށްވެސް މިނިސްޓްރީން ބުންެވެ.
މިހާތަނަށް 11 ރަށާއި ފަޅު ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރެވިފައިވާކަމަށާއި، އެ ތަންތަނުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި 32.6 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އަދި މިތަންތަނުގެ އިންވެސްޓުމެންޓުގެ އަގު 400 މިލިއަން ޑޮލަރަށްވުރެ މަތިވާނެކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.
އިތުރަށް ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރީ މި އަހަރު ޓޫރިޒަމް ބިމުގެ ކުލީގެ ގޮތުގައި 97.4 މިލިއަން އެމެރިކާ ޑޮލަރު ދައުލަތަށް ލިބިފައިވެ އެވެ.