ހުޅުމާލެ މަގެއް މަތީން ޒުވާން ފިރިހެނަކު އަންހެނެއްގެ ސިފަ ޖެހޭ ގޮތަށް ހެދުން އަޅައިގެން ދަނިކޮށް ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
އަންހެނެއްގެ ސިފަ ޖެހެން ހެދުން އަަޅައިގެން މަގުމަތީ އުޅުނު މީހާގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލެ މަގެއް މަތީން ޒުވާން ފިރިހެނަކު އަންހެނެއްގެ ސިފަ ޖެހޭ ގޮތަށް ހެދުން އަޅައިގެން ދަނިކޮށް ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުން ބުނީ އެ މައްސަލަ ހުޅުމާލެ ފުލުހުން ބަަލަމުންދާ ކަމަށެވެ. ފުލުހުން ބުނީ އެފަދަ މައްސަލަތައް ސީރިއަސްކޮށް ބަލާނެ ކަމަށާ އެފަދަ ކަންކަމަށް ދިވެހި މުޖްތައުމުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ.
ދިވެހީންގެ ތެރެއިން ބައެއް މީހުންގެ އަހްލާގު ދަށްވެ އާންމު ތަންތަނުގައި ވިޔާނުދާ ގޮތްގޮތަށް އުޅުން ވަނީ އާންމުވެފަ އެވެ. ޓިކްޓޮކް ގައި ބަރުހަނާވެ އަންހެން ހެދުން އަޅައިގެން އުޅޭ މީހުންގެ މައްސަލަތައް ވެސް ދަނީ އިތުރު ވަމުންނެވެ.