އިބުރޭގެ ވާހަކަ ދައްކަން ލަދުގަނޭ، އެކަމަކު ސަބަބެއް ނުބުނޭ

ފެނަކައިގެ ކުރީގެ ޑީއެމްޑީ އިބްރާހިމް ވަހީދު އިސްތިއުފާ ދެއްވީ ޗެއާމަން އާއި އެމްޑީއަށް ކޮރަޕްޝަންގެ ތުހުމަތުތައް ކޮށްފަ އެވެ. މަޖިލީހުގެ ކޮމެޓީގައި މިއަދު ސައީދު ވަނީ އިބުރޭ ކަން ކުރި ގޮތުގެ ވާހަކަ ދައްކަން ލަދުގަންނަ ކަމަށް ވިދާޅުވެފަ އެވެ.

ފެނަކަ އެމްޑީ އަހުމަދު ސައީދު (ވ) އަދި އިސްތިއުފާ ދެއްވި ޑީއެމްޑީ އިބްރޭ -- ސަން އޮންލައިންގެ ފޮޓޯއެއް

ފެނަކައިގެ ޗެއާމަން މުހަންމަދު ރަޝީދާއި އެމްޑީ އަހުމަދު ސައީދު (ފެނަކަ ސައީދު) އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް މަގާމު އިސްތިއުފާ ދެއްވި، ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ގެ ވާހަކަ އާއްމު ތަންތަނުގައި ދައްކަވަން ލަދުގަންނަ ކަމަށް އެމްޑީ ސައީދު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ޗެއާމަން މުހަންމަދު ރަޝީދާއި އެމްޑީ އަހުމަދު ސައީދު (ފެނަކަ ސައީދު) އަށް އިބުރޭ ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ވާހަކަ އާއްމުވާ ގޮތަށް ދައްކަން ލަދުގަންނަ ކަމަށެވެ. އަދި މެންބަރުން ތަކުރާރުކޮށް އޭގެ ސަބަބު ހޯދަން ސުވާލު ކުރުމުން ވެސް އެ ސުވާލަށް ޖަވާބު ދެއްވާކަށް ސައީދު ބޭނުންފުޅެއް ނުވި އެވެ.

"އަޅުގަނޑު [އިބުރޭގެ] އެ ވާހަކަ ދައްކަން އުޒުރުވެރިވަނީ، އެ ވާހަކަ ދައްކައިފިނަމަ [އިބުރޭ] ގެ އަބުރަށް ގެއްލުން ވާނެ. އެހެންވެ އުޒުރުވެރި ވަނީ،" ސައީދު ވިދާޅުވި އެވެ.

ކޮމެޓީގައި ދަގެނތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ ހަތަރު އަހަރު ވަންދެން އިބުރޭ ޑީއެމްޑީ އަކަށް ހުންނެވި އިރު ވެސް ފިޔަވަޅެއް ނާޅާ އޮތީ ކީއްވެ ތޯ ސުވާލު ކުރައްވާފަ އެވެ. އަދި ސީރިއަސް މައްސަލަ ތަކެއް ދިމާވެއްޖެނަމަ ފިޔަވަޅު އަޅާނެ އުސޫލެއް އެ ކުންފުނީގައި ނެތީ ތޯ ވެސް އެއްސެވި އެވެ.

އެ ސުވާލާ ގުޅިގެން، ސައީދު ވިދާޅުވީ ފެނަކައިގައި ޑިސިޕްލިނަރީ އަދި ހެރެސްމަންޓް ކޮމެޓީތައް އޮންނަ ކަމަށާއި އިބުރޭ އަށް އަޅާފައިވާނީ އެންމެ ފިޔަވަޅެއް ކަމަށެވެ. އެ ފިޔަވަޅަކީ އައިޓީ ނެޓްވޯކުން ދީފައިވާ އެކްސެސްއެއް ކަނޑައިލުމުގެ ފިޔަވަޅެކެވެ.

އަދި ކުރީގެ ޑީއެމްޑީ އިބުރޭ ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ސައީދު ވިދާޅުވީ މިހާރުގެ މެނޭޖުމަންޓް ފެނަކައާ ހަވާލުވިއިރު ދަރަނީގެ ގޮތުގައި 1.85 ބިލިއަން ރުފިޔާ އޮތް ކަމަށެވެ. ހަތަރު އަހަރުތެރޭ އިތުރުވެފައި ވަނީ 132 މިލިއަން ރުފިޔާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.