އެމްއެމްއޭ އިން މި ބަދަލުތައް ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އަވަސްކަމާއެކު ހިދުމަތް ދިނުމަށް ކަމަށް ވެސް ބުންޏެވެ.
ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމުންނަށް ދޭ ބޭންކިން ހިދުމަތްތައް ރަސްމީ ހުރިހާ ދުވަހެއްގައި ވެސް ދޭގޮތަށް ހަމަޖައްސައިފި އެވެ.
ކުރިން އެޕޮއިންޓްމަންޓް އުސޫލުން ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގައި އެމްއެމްއޭ އިން އާންމުންނަށް ދެމުންދިޔަ ބޭންކިން ހިދުމަތްތައް މިއަދުން ފެށިގެން އެ އޮތޯރިޓީ ހުޅުވާފައި ހުންނަ ކޮންމެ ދުވަހެއްގައި ވެސް ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެމްއެމްއޭ އިން މިއަދު ވަނީ ބުނެފަ އެވެ.
ބޭންކިން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކިއު ތަރުތީބުން ކަމަށް ވެސް ބުންޏެވެ. އަދި ވަކިވަކި ހިދުމަތްތައް ލިބިގެންދާނެ ގަޑިތައް ވެސް އެމްއެމްއޭ އިން ވަނީ އިއުލާން ކޮށްފަ އެވެ.
އެމްއެމްއޭ އިން މި ބަދަލުތައް ގެނެސްފައިވަނީ އާންމު ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އަވަސްކަމާއެކު ހިދުމަތް ދިނުމަށް ކަމަށް ވެސް ބުންޏެވެ.