މި އަހަރު ޕެންޝަނަށް ކުރި ހޭދަހުރީ ދެ ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް އަންނަ އަހަރު މި އަދަދު 1.8 ބިލިއަން ރުފިޔާ އަށް ކުޑަވާނެ އެވެ.
ޕެންޝަން ނިޒާމަށް ގެންނަ ބަދަލާއެކު އެންމެ މަދުން އާމްދަނީ ލިބޭ މީހުންނަށް މި ޕެންޝަން ލިބޭ ގޮތަށް ނިޒާމް ބަދަލު ކުރާނެ އެވެ
ޕެންޝަން ނިޒާމަށް އަންނަ އަހަރު ގެންނަ ބަދަލާއެކު، ދައުލަތުން ޕެންޝަނަށް ކުރާ ހަރަދު ކުޑަވިނަމަވެސް އުމުރުން ދުވަސްވީ މީހުންގެ ޕެންޝަން ލިބޭ ފަރާތްތަކަށް ލިބޭ އަދަދަށް ބަދަލެއް ނާންނާނެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރު ބަޖެޓުގެ 5.0 ޕަސެންޓް ރިކަރަންޓް ހަރަދު ޕެންޝަނަށް ކުރާ ހޭދަ ހިއްސާ ކުރާއިރު މި ހަރަދުގެ ތިން ބައިކުޅަ އެއްބައި ހިއްސާ ކުރާނީ އުމުރުން ދުވަސްވީ 65 އަހަރުން މަތީ މީހުންނަށް ދޭ ޕެންޝަނަށެވެ.
އަންނަ އަހަރު ޕެންޝަނަށް 1.8 ބިލިއަން ރުފިޔާ ޕެންޝަނަށް ހަރަދު ވާނެ ކަމަށް އަންދާޒާ ކުރެވޭއިރު މި ބައިގެ ހަރަދު ދަށްވާނެ ކަމަށް ބެލެވެ އެވެ. މި އަދަދަކީ މި އަހަރު ޕެންޝަނަށް ހޭދަކުރި ދެ ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށްވުމެކެވެ.
ހަރަދު ދަށްވާނެ ސަބަބު - މި ބައިގެ ހަރަދުތައް ދަށްވާނެ ސަބަބަކީ މިހާރު ޕެންޝަން ލިބޭ 65 އަހަރުން މަތީގެ މީހުންނަށް ލިބޭ ފައިސާއަށް އެއްވެސް ބަދަލެއް ނާންނާނެ ގޮތަށް ގެނެވޭ ބަދަލަކުންނެވެ. މި ބަދަލާއެކު އެންމެ މަދުން އާމްދަނީ ލިބޭ މީހުންނަށް މި ޕެންޝަން ލިބޭ ގޮތަށް ނިޒާމް ބަދަލު ކުރާނެ އެވެ. އަދި ޓާގެޓުކޮށް މި ޕެންޝަން ލިބޭނީ އަލަށް މި ޕެންޝަން ލިބޭ ފަރާތްތަކަށެވެ.
ފިނޭންސުގެ މައުލޫމާތުތައް ދައްކާ ގޮތުން ޕެންޝަން ހަރަދު މި އަހަރުތެރޭގައި ވަނީ މަތިވެފަ އެވެ. ނަމަވެސް ޕެންޝަން ހަރަދު އަންނަ އަހަރު ދަށްވާނެ އެވެ.