ކައުންސިލްތަކުގެ އެކައުންޓުގައި 1.3 ބިލިއަން | އެންމެ މުއްސަނދީ އައްޑޫ ކައުންސިލް

މިރާއަށް ލިބިފައިވާ މައުލޫމާތުތައް ދައްކާ ގޮތުގައި މާފުށީ ކައުންސިލް އެކައުންޓުގައި 22 މިލިއަން ރުފިޔާ ޖުލައިގެ ނިޔަލަށް ހުއްޓެވެ. އަދި އެންމެ މަދުން ފައިސާހުރީ ތުލުސްދޫ ކައުންސިލް އެކައުންޓުގަ އެވެ.

އެކައުންޓުގައި އެންމެ ގިނަ ފައިސާ ހުރި އައްޑޫ ކައުންސިލްގެ މޭޔަރު ނިޒާރު ލަންޑަން ޑަބްލިއުޓީއެމްގައި ވާހަކަ ދައްކަވަނީ -- އައްޑޫ ސިޓީ ކައުންސިލް

ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓުގެ ގޮތުގައި ބޮޑު އަދަދެއް ދޭ ކައުންސިލްތަކުގެ ޖުމްލަ އެކައުންޓުގައި ޖުލައި މަހުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާ ހުރިއިރު އެންމެ މުއްސނދި ކައްޑޫ ކައުންސިލާއި ކުޅުއްފުށީ ކައުންސިލެވެ.  

"މިރާ" އަށް އެނގިފައިވާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ލޯކަލް ކައުންސިލްތަކުގެ އެކައުންޓުގައި ޖުމްލަ 1.3 ބިލިއަންު ރުފިޔާ އެބަހުއްޓެވެ. އެކައުންޓުގައި އެންމެ ފައިސާ ގިނަ ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލެވެ. އެ ކައުންސިލްގެ އިތުރުން ދެން އެންމެ މުއްސަނދި ކައުންސިލަކީ ކުޅުދުއްފުށީ ކައުންސިލެވެ. 

އެންމެ މުއްސަނދި ކައުންސިލްތައް

  • އައްޑޫ ސިޓީ ކައުންސިލް - 74 މިލިއަން ރުފިޔާ
  • ކުޅުދުއްފުށީ ކައުންސިލް - 61 މިލިއަން ރުފިޔާ
  • މާލެ ސިޓީ ކައުންސިލް - 44 މިލިއަން ރުފިޔާ
  • ބ. އަތޮޅު ކައުންސިލް އިދާރާ - 29 މިލިއަން ރުފިޔާ
  • ކ. މާފުށީ ކައުންސިލް - 22 މިލިއަން ރުފިޔާ
  • ލ. އަތޮޅު ކައުންސިލް - 19.9 މިލިއަން ރުފިޔާ
  • ހއ. އިހަވަންދޫ ކައުންސިލް - 19.8 މިލިއަން
  • ދ. އަތޮޅު ކައުންސިލް އިދާރާ - 20.4 މިލިއަން ރުފިޔާ
  • ގދ. ތިނަދޫ ކައުންސިލް - 18.3 މިލިއަން ރުފިޔާ
  • ފުވައްމުލަކު ކައުންސިލް އިދާރާ - 18.2 މިލިއަން
  • ހދ. ނޮޅިވަރަމް ކައުންސިލް - 16.9 މިލިއަން ރުފިޔާ
  • ނ. އަތޮޅު ކައުންސިލް - 16.7 މިލިއަން ރުފިޔާ
  • ހއ. ބާރަށު ކައުންސިލް އިދާރާ - 14.9 މިލިއަން
  • ގދ، ވިލިނގިލީ ކައުންސިލް - 14 މިލިއަން ރުފިޔާ

މާލެ ކައުންސިލަށްވުރެ އައްޑޫ ސިޓީ ކައުންސިލް މުއްސަނދި

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާޒިމް

ކައުންސިލްތަކުގެ ތެރޭން  އެކައުންޓުގައި އެންމެ ފައިސާ ގިނަ އައްޑޫ ކައުންސިލުގެ އެކައުންޓުގައި 74 މިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި ދެވަނަ އަށް އެންމެ މުއްސަނދި ކުޅުދުއްފުށީ ކައުންސިލް އެކައުންޓުގައި ހުރި ޖުމްލަ ފައިސާގެ އަދަދު 44 މިލިއަން ރުފިޔާ އަށް ވުރެ އިތުރެވެ. ރާއްޖޭގެ އާބާދީގެ 90 ޕަސެންޓް ދިރިއުޅޭ އަދި އެންމެ ބޮޑު އާބާދީއެއް އޮތް ވެރިރަށް މާލެ ސިޓީ ކައުންސިލް އެކައުންޓުގައި ހުރީ 44 މިލިއަން ރުފިޔާ އެވެ. 

މާފުށި ކައުންސިލް އެކައުންޓުގަ 22 މިލިއަން

މި މައުލޫމާތު ތަކުން އެނގޭ ގޮތުގައި ގެސްޓްހައުސް ފުޅާކޮށް ހިންގާ ގިނަ ރަށްރަށުގެ ތެރޭން އެންމެ ގިނަ ފައިސާ އެކައުންޓުގައި ހުރީ ކ. މާފުށީ ކައުންސިލެވެ. ގިނަ ބިންތަކެއް ކުއްޔަށް ދީގެން ބޮޑު އަދަދުން ކައުންސިލް އެކައުންޓަށް ފައިސާ ވައްދާ މާފުށީ ކައުންސިލް އެކައުންޓުގައި ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 22 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެ ކައުންސިލުން ވަނީ ކައުންސިލް ކުންފުނި ހަދައި އެ ގިނަ މަސައްކަތްތަކެއް ކުންފުންޏަށް ބަދަލުކޮށް މި އަހަރު ބިން ތަކެއް ވިއްކައިގެން ވެސް 20 މިލިއަން ރުފިޔާ ވަރު ހޯދާފަ އެވެ. އަދި އއ. އުކުޅަސް ކައުންސިލްގެ އެކައުންޓުގައި 3.2 މިލިއަން ރުފިޔާ ހުއްޓެވެ. ދިގުރަށު ކައުންސިލް އެކައުންޓުގައި ހުރީ 2.3 މިލިއަން ރުފިޔާ އެވެ. އަދި ތޮއްޑޫ ކައުންސިލްގެ އެކައުންޓުގައި ހުރީ ދެ މިލިއަން ރުފިޔާ އެވެ. 

އެންމެ ފަގީރީ ތުލުސްދޫ ކައުންސިލް

ގެސްޓްހައުސް ވަރަށް ފުޅާކޮށް ހިންގާ ބައެއް ރަށްރަށް ނިސްބަތްވާ ކައުންސިލްތައް ވަރަށް ފަގީރުކަން މި މައުލޫމާތުތަކުން އެނގެ އެވެ. އެންމެ ހައިރާން ކުރުވަނުވި އެއް މައުލޫމާތަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސާފް ޕޮއިންޓް އޮންނަ ކ. ތުލުސްދޫ ކައުންސިލްގެ ކައުންޓުގައި ޖުލައި މަހުގެ ނިޔަލަށް ހުރީ 99,263  ރުފިޔާ ކަމެވެ. މިއީ ރާއްޖޭގެ އެންމެ "ފަގީރު" ކައުންސިލް ކަމަށް މައުލޫމާތުތަކުން އެނގެ އެވެ. އަދި ދެވަނައަށް އެންމެ މަދުން ފައިސާ ހުރި ކައުންސިލަކީ ގދ. ދެއްވަދޫ ކައުންސިލެވެ. އެ ކައުންސިލް އެކައުންޓުގައި ޖުމްލަ 720,116 ރުފިޔާ ހުރި ކަމަށް ދައްކަ އެވެ. 

ލާމަރުކަޒީ ޤާނޫނާއި އޮންނަ ގޮތުން ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭން ޖެހެ އެވެ. ނަމަވެސް މި އަހަރު މަޖިލީހަށް ބަޖެޓު ހުށަހެޅިއިރު މި އަދަދު ވަނީ ދަށްކޮށްފަ އެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގާނޫނުގައި އޮތް ގޮތަށް ބަޖެޓް ފާސް ވެގެން އަންނައިރު އަންނަ އަހަރު ބްލޮކް ގްރާންޓް ކައުންސިލްތަކަށް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. 

ކައުންސިލްތަކަށް ބަޖެޓުން އެންމެ ބޮޑު އެއްޗެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި ބަޖެޓު ތަންފީޒު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި އޮންނަ ގޮތުން ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމުގައި ފަސް ކަމަކަށް ބަލަ އެވެ. އެއީ ރަށު ކައުންސިލްތައް ނަމަ، ރަށުގެ އާބާދީ އާއި އަތޮޅު ކައުންސިލްތައް ނަމަ އެ އަތޮޅެއްގެ އާބާދީއަށާއި ބިމުގެ ސަރަހައްދަށާއި އަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ދުރުމިނަށާއި މާލެއާ ހުރި ދުރުމިނުގެ އިތުރުން ލޯކަލް ގަވަމަންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕަފޯމަންސައް ދޭ ސްކޯއަށް ބަލަ އެވެ. ބަޖެޓުން ކައުންސިލްތަކަށް ދޫކުރަނީ ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓުގެ ބްލޮކް ގްރާންޓެކެވެ. އަދި އަތޮޅުތަކުގެ ރަށްރަށާއި ފަޅުން ލިބޭ އާމްދަނީގެ ކުލީގެ 40 ޕަސެންޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.