"އާބަން ސެންޓަރުގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމުން ރަށް ރަށް ހިންގުމުގެ ނިޒާމުން އެރަށްތައް ވަކިކޮށް މާލޭން ހިންގަން ފެށުން ކަމުގައިވެގެން ނުވާނެ،"
އާބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައި މިވާ ސަބަބު އެ ސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް ހާއްސްކޮށްގެން އާބަން ސެންޓަރުތައް ގާއިމް ކުރަން ނިންމާފައިވާ ރަށްތައް ރަސްމީކޮށް މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ. ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅާއި ދެކުނުގެ ހަތަރު އަތޮޅު ޑިވެލޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އަދި މާލެސިޓީ ނުހިމަނައި، އިތުރު ހަތް އާބަން ސެންޓަރު އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއެކު ތަރައްގީ ކުރައްވަން ނިންމަވައި، އެކަން ވަނީ އެކި ފަހަރުމަތިން އިއުލާނު ކުރައްވާފަ އެވެ.
ރައީސްގެ ވައުދުފުޅާ އެއްގޮތަށް، އާބަން ސެންޓަރުތައް ގާއިމްކުރާ ރަށްތައް ހައުސިން މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ. އެއީ؛
މި ރަށްތަކުގެ ތެރޭގައި އެންމެ އުތުރާއި އެންމެ ދެކުނުގެ ރަށެއް ހިމެނިފައި ނުވާތީ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އާބަން ސެންޓަރު ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައި މިވާ ސަބަބު އެ ސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދޭ ކަމަށް ވިދާޅުވި އެވެ.
"އާބަން ސެންޓަރުގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމުގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމުން ރަށް ރަށް ހިންގުމުގެ ނިޒާމުން އެރަށްތައް ވަކިކޮށް މާލޭން ހިންގަން ފެށުން ކަމުގައިވެގެން ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.