ފަހުމީ ވިދާޅުވީ މިއީ އިރުގެ އަލިން އުފައްދާ ހަކަތައިގެ އިތުރުން އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން ކުރާ ދިރާސާއެއް ކަމަށެވެ.
މިއީ ރާއްޖެއިން ބޭނުންކުރާ 33 ޕަސެންޓް އިއއާދަ ކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ އަމާޒަށް މަގުފަހި ކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.
ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭވް މޮނިޓަރިން ޓެކްނޮލޮޖީ ބޭނުންކުރުމަށް ސްޓެލްކޯއިން ފަށާފައިވާ މަސައްކަތަކީ، ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތައް ހޯދުމަށާއި، ރައީސް ޑރ. މުއިއްޒުގެ އަމާޒަށް ވާސިލުވުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ފަހުމީ ވިދާޅުވީ މިއީ އިރުގެ އަލިން އުފައްދާ ހަކަތައިގެ އިތުރުން އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ އިތުރު ގޮތްތައް ހޯދުމުގެ ގޮތުން ކުރާ ދިރާސާއެއް ކަމަށެވެ.
ފަހުމީ ވިދާޅުވި ގޮތުގައި މި ދިރާސާގައި ރާޅުން ހަކަތަ އުފެއްދުމަށް ބޭނުންވާ މައުލޫމާތު އެއްކުރާނެ އެވެ.
"އިރުގެ އަލިން ހަކަތަ އުފެއްދުމާއި ހިލާފަށް ރާޅުން ހަކަތަ އުފެއްދުމުގައި ފައިދާތަކެއް އެބަހުރި. އެ ގޮތުން މޫސުމާއެކު އިރުގެ އަލިން ހަކަތަ އުފެއްދުމަށް އަސަރުކުރި ނަމަވެސް ރާޅުން ހަކަތަ އުފެއްދުމަށް ކުރާ އަސަރު ކުޑަ." އޭނާ ވިދާޅުވިއެވެ.
މި ދިރާސާގެ ތެރެއިން ސްޓެލްކޯގެ އަމާޒަކީ ރާޅުން ހަކަތަ އުފައްދައިގެން މިހާރު ހުރި އިއާދަކުރަނިވި ހަކަތަ ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި މިހާރަށްވުރެ ވަރުގަދަ އަދި އިތުބާރު ހުރި ހަކަތަ ގްރިޑެއް އުފެއްދުން ކަމަށް ފަހުމީ ވިދާޅުވި އެވެ.