ގެދޮރު ފައިނޭންސިން ފެސިލިޓީ ނަގަން ވެރިފަރާތުގެ އިތުރު ކޯއެޕްލިކެންޓަކަށް ބައިވެރިވެވޭނެ

މި ފައިނޭންސިން ދޫކުރުމުގައި އަލަށް ގެ އަޅާ ފަރާތްތަކަށް އިސްކަން ދޭނެ އެވެ.

ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަހުމަދު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ -- ހައުސިން މިނިސްޓްރީ

ފަސް ޕަސެންޓުގައި ދޫކުރާ ލުއި ފަސޭހަ ފައިނޭންސް ފެސިލިޓީ ނަގަން ވެރިފަރާތުގެ އިތުރުން އާއިލީ ގޮތުން ގުޅުންހުރި ކޯއެޕްލިކެންޓަކު ބައިވެރި ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ. 

ގެޒެޓުކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީގެ ގަވައިދުގައިވާ ގޮތުން ފެސިލިޓީގައި ގޯތީގެ ވެރިފަރާތުގެ އިތުރުން އާއިލީގޮތުން ގުޅުންހުރި ފަރާތެއް ނުވަތަ ފަރާތްތައް ކ-ޯއެޕްލިކަންޓެއްގެ ގޮތުގައި ބައިވެރިކުރެވިދާނެ އެވެ. 

މި ފެސިލިޓީއަކަށް އެދުމުގައި އާއިލީގޮތުން ގުޅުންހުރި ކ-ޯއެޕްލިކަންޓެއް ނެތް ހާލަތުގައި ފެސިލިޓީގައި ގޯތީގެ ވެރިފަރާތުގެ އިތުރުން ޝަރުޢީގޮތުން ވާރުތަނުވާ ކޮންމެވެސް އެކަކު ކޯ- އެޕްލިކަންޓުގެ ގޮތުގައި ބައިވެރިކުރެވިދާނެ އެވެ. މި ހާލަތުގައި މިއިން ކޮންމެ ފަރާތެއްގެ ކިބައިގައި (ވަކިވަކިން) ފެސިލިޓީ ދެއްކުމުގެ ޤާބިލުކަން ހުންނަން ޖެހޭނެ އެވެ. އަދި މި ފެސިލިޓީ ދޫކުރާނީ  ސިލިޓީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފައިނޭންސިން ސްކްރީނިން ހެދުމަށްފަހު އެވެ. 

ސްކީމްގެ ގަވައިދުގައިވާ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބިމެއް ނުވަތަ ފުލެޓެއް ނުވަތަ ރޯހައުސްއެއް ލިބ،ި ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި އެއިން ތަނެއްގެ މިލްކުވެރިކަން ދޫކޮށްލައިފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ވެގެން ނުވާނެ އެވެ.  މި މުއްދަތު ގުނުމުގައި ބަލާނީ ފޯމު ހުށަހަޅާ ތާރީހަށެވެ. އަދި ދިރިއުޅުމަށް އަލަށް ގެދޮރު އަޅާ ފަރާތްތަކަށް މި ފެސިލިޓީގެ ދަށުން އިސްކަންދޭނެ އެވެ، 

މި ގަވައިދުގައިވާ ގޮތުން ސަރުކާރުގެ ބޯހިޔާވެހިކަމުގެ މަޝްރޫޢެއްގެ ދަށުނ،ް ސަރުކާރަށް ނުވަތަ ބެހެނިވެރިންނަށް ދޫކޮށްލުމަށް ކަނޑައެޅިފައިވާ ބިމެއް ނަމަ އެ ސްކީމުގެ އުސޫލުގެ ދަށުން ނިންމަންޖެހޭ ޤާނޫނީ ކަންކަން ފުރިހަމަކުރަން ޖެހެ އެވެ. 

"ހިޔާވަހި ފައިނޭންސިން" ޕްރޮގުރާމުގެ ދަށުން ތިން ކެޓަގަރީއެއްގެ ލޯނު %5 އިންޓަރެސްޓު ރޭޓަށްވުރެ ކުޑަ ރޭޓެއްގައި ދޫކުރަން ވަނީ ފަށާފަ އެވެ. "ހިޔާވަހި ފައިނޭންސިން" ސްކީމު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ސްކީމުގެ ދަށުން ތިން ބާވަތެއްގެ ނުވަތަ ކެޓަގަރީއެއްގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ތިން ބާވަތުގެ ލޯން ސްކީމަކީވެސް ފަރުދުންނަށް އަލަތު ބޯހިޔާވަހިކަން ފަސޭހައިން ހޯދުމަށް މަގުފަހިކުރުމަށް ތައާރަފުކުރާ ސްކީމުތަކެއް ކަމުގައިވާތީ އެ ސްކީމު ހަމަޖެހޭނީ ސްކީމަށް ކުރިމަތިލާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެންނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެފައިވެ އެވެ.

މި ސްކީމުގައި ހިމެނޭ ފުރަތަމަ ކެޓަގަރީއަކީ އަތޮޅު ތެރޭގެ ރަށްތަކުގައި ގެދޮރު އެޅުމަށް ދޫކުރާ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ފައިނޭންސިން ސްކީމެކެވެ. "ހިޔާވަހި ރަތްވެހި ވަސީލަތު"ގެ ނަމުގައި ހިންގާ މި ސްކީމަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް ޝަރީއާ އުސޫލުތަކުގެ ތެރެއިން ނޮމިނަލް ކޮންޓްރިބިއުޝަނެއް ދައްކަންޖެހޭނެ އެވެ. މި ސްކީމު ދޫކުރާނީ ހައުސިން ފައިނޭންސް ޑިވެލޮޕްމެންޓު ކޯޕަރޭޝަން މެދުވެރިކޮށެވެ. ދެން މި ސްކީމުގައި ހިމެނެނީ މާލެ ސަރަހައްދުގައި ގެދޮރު އެޅުމަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާ ސްކީމަކާއި، އާބަން ސެންޓަރުތަކުގައި ގެދޮރު އެޅުމަށް ތިން މިލިއަނާ ހަމައަށް ފައިސާ ދޫކުރާ ސްކީމެވެ. އާބަން ސަރަހައްދުތަކަށް ކަނޑައަޅާފައިވާ ހިޔާވަހި ޝަހަރު ވަސީލަތުގައި %5 ގެ އިކުއިޓީއެއް ބަހައްޓަންޖެހޭނެ އެވެ. މާލޭގައި ގެދޮރު އެޅުމަށް ދޫކުރާ ސްކީމުގެ ދަށުން 10 އިންސައްތައިގެ އިކުއިޓީއެއް ބަހައްޓަންޖެހޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. މި ދެ ސްކީމު ހިންގާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.