އިމާރާތް ކުރާނީ ތިން ބުރީގެ މިސްކިތެކެވެ. މި މިސްކިތް ބިނާކުރާނީ މިސްކިތުގައި ގުރުއާން ކިވައިދެވޭނެ ގޮތަށާއި ލައިބްރަރީއެއްގެ ހިދުމަތް ވެސް ދެވޭނެ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މާފަންނު ބޮޑުގެ ހުރި ބިމުގައިވާ ވަގުތީ މިސްކިތް ރޫޅާލާ އެ ތަނުގައި އާ މިސްކިތެއް ބިނާ ކުރަން ނިންމައިފި އެވެ.
ބޮޑުގެ ހުރި ބިމުގައިވާ ވަގުތީ މިސްކިތް ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ބިމުގައި އާ މިސްކިތެއް ބިނާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަަސައްކަތް ހިލޭ އެހީގައި ކޮށްދޭން ބޭނުންވާ ފަރާތްތަކާއެެކު މިއަދު އެއްބަސްވުމެއް ގާއިމުކޮށް ސޮއިކޮށްފައިވާ ކަމަށެވެ.
ހިލޭ އެހީގައި މި މިސްކިތް ބިނާ ކުރާނީ ވިޔަފާރިވެރީންގެ ޓީމަކުން ކަމަށް ވެސް ބުންޏެވެ.
އިމާރާތް ކުރާނީ ތިން ބުރީގެ މިސްކިތެކެވެ. މި މިސްކިތް ބިނާކުރާނީ މިސްކިތުގައި ގުރުއާން ކިވައިދެވޭނެ ގޮތަށާއި ލައިބްރަރީއެއްގެ ހިދުމަތް ވެސް ދެވޭނެ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަންނަ ޑިސެންބަރު މަހު މިސްކިތުގެ ބިންގާ އަޅާނެ އެވެ. އަދި ރޯދަ މަހަށް ފަހު އަމަލީ މަސައްކަތް ފަށާނެ ކަމަށް ބުންޏެވެ.
މިސްކިތް އިމާރާތް ކުރާ ވިޔަފާރިވެރީންގެ ޓީމާއި މިސްކިތް ނިންމާނެ ތާރީހާއި ޖުމްލަ ހަރަދުވާނެ ވަރުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.