މަޓާޓޯގެ މި މެގަޒިން ނެރުން އޮތީ ލަންޑަންގައި މިހާރު ކުރިއަށްދާ ޑަބްލިއުޓީއެމް ފެއާގަ އެވެ.
ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ލަންޑަން ވޯލްޑް ޓްރެވަލް މާކެޓުގައި މޯލްޑިވްސް ފައިންޑާ މެގަޒިން ނެރެދެއްވައިފި އެވެ.
ލަންޑަންގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ ކަމަށްވާ ލަންޑަން ޑަބްލިއުޓީއެމްގައި މަޓާޓޯގެ ގެޒަޒިން މޯލްޑިވްސް ފައިންޑާ ނެރެދެއްވީ ރާއްޖޭގެ ސްޓޯލްގަ އެވެ.
މޯލްޑިވްސް ފައިންޑަރަކީ މަޓާޓޯގެ ޓްރެވަލް މެގަޒިން އެވެ. މި މެޒަޒިންއަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޓޫރިޒަމް މިނިސްޓްރީން އެންޑޯސްކޮށްފައިވާ މެގަޒިން އެކެވެ. މި މަޖައްލާ މެދުވެރިކޮށް ދިވެހި ޓޫރިޒަމްގެ ގިނަ މައުލޫމާތުތަކެއް ދެ އެވެ.