ލޮލަށް ޖަހާ އިންޖެކްޝަނެއް: 8000ގެ އިންޖެކްޝަނަށް 23000ގެ ބިލެއް، މައްސަލަ ހައްލުކުރަނީ

ލުސެންޓިސް އިންޖެކްޝަން ލިބެނީ 500 ޑޮލަރަށެވެ. އެކަމަކު އާސަންދަ އަށް ބިލް ކުރަނީ 23،000ރ. އަށެވެ. މި އިންޖެކްޝަން ބައެއް މީހުން އާސަންދަ އިން މަހަކު ދެ ފަހަރު ވެސް ޖަހަން ޖެހެ އެވެ.

އާސަންދަ އޮފީސް : ފުރިހަމައަށް މައުލޫމާތު ނުދީގެން މަޖިލީހުގައި ވަނީ ނުތަނަވަސްކަން އުފެދިފަ

ލޮލުގެ ފެނުމަށް އަސަރުކޮށްފާނެ ބަލި ކަމެއް ހުންނަ މީހުންގެ ލޮލަށް ޖަހާ އަގު ބޮޑު އިންޖެކްޝަނެއް ކަމަށްވާ ލުސެންޓިސް އިންޖިކްޝަންގެ އަގު ބޮޑުކޮށް ވިއްކާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އާސަންދައިން ފަށައިފި އެވެ. 

ރާއްޖޭގައި މަދުން ނަމަވެސް ލޮލަށް ޖެހޭ ބައްޔަކަށް ޖަހާ “Lucentis Injection”އިންޖެކްޝަން ޖަހާ މީހަކު ސޯޝަލް މީޑިއާގައި ވަނީ އޭނާގެ މަންމަގެ ލޮލަށް ޖަހާ 25،000ރ. ގެ އަގުބޮޑު އިންޖެކްޝަން ކުރން އާސަންދައިން ކަވަރު ކުރިނަމަވެސް މިހާރު ނުކުރާ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

މި ޝަކުވާއާ ބެހޭ ގޮތުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އާސަންދައަށް އަގު ބޮޑުކޮށް އަމިއްލަ ކްލިނިކްއަކުން ބިލް ކުރާ “Lucentis Injection އިންޖެކްޝަންގެ ގިނަ ހަގީގަތްތަކެއް ވިދާޅުވެ ދެއްވާފަ އެވެ.

ހީނާވ ވިދާޅުވީ ހަގީހަތުގައި މި އިންޖެކްޝަނަކީ އާސަންދައިން ވިޔަފާރިކޮށް ނާޖާއިޒު ބޮޑެތި ފައިދާ ނަގައި އުޞޫލުތަކުން ބޭރުން ކަންކުރުމުގެ ލާމަސީލު މިސާލެއް ކަމަށެވެ.

މި އިންޖެކްޝަން އާސަންދައަށް ބިލް ކުރަނީ 23،000ރ. އަށް

ހީނާ ވިދާޅުވީ އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން، އެންމެ ޚަރަދު ބޮޑު އެއް ބޭސްކަމުގައިވާ “Lucentis Injection” ގެ އަގު ޗެކްކުރުމުގެ ގޮތުން ލޮލުގެ ފަރުވާގެ ޚިދުމަތް ދޭ މި ފަރާތުން ބޭސް ގަންނަ އަގު ހޯދުމަށް އެދުމުން، ފޮނުވި އިންވޮއިސްތަކުން މި ބޭސް އެ ފަރާތަށް ގަންނަން ލިބޭ އަގަށްވުރެ ބޮޑުތަނުން ބޮޑުކޮށް އާސަންދައަށް ބިލްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

މިގޮތުން 500 ޑޮލަރަށް ލިބޭ މި ބޭސް ގެނެސް 23000 ރުފިޔާ އަށް އާސަންދަ އަށް ބިލް ކުރަމުން ދާ ކަމަށެވެ.  މިއީ 18ރ. އަށް ޑޮލަރުގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 ފައިދާއެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ބޭސް އެތެރެކުރަން ރަޖިސްޓަރކޮށްފައިވަނީ މުޅިން އެހެން ކުންފުންޏަކުން. ނަމަވެސް އެ ފަރާތުން އެއްވެސް ވަރަކަށް މި ބޭސްއެތެރެކޮށްފައި ނުވޭ. ލޮލުގެ ފަރުވާގެ ހިދުމަތްދޭ މި ފަރާތުން ބޭސް ވިއްކާފައިވަނީ ބޭސް އެތެރެކުރުމަށް ރަޖިސްޓަރީނުކޮށް ޕްރިސްކްރިޕްޝަން އަށް. އެކަމަކު ސްކީމްގެ ތެރެއިން މިއިންޖެކްޝަނަށް އެންމެ ގިނައިން ބިލްކޮށްފައިވަނީ މި ފަރާތުން،" ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިނުވާ އިންޖެކްޝަން އަކަށް ބިލުކޮށްފައިވުމާއި އަގުގެ ބޮޑު ތަފާތަކުން ބޮޑު ފައިދާއެއް ނަގަމުން ދިޔަ އިރު އެކަން އާސަންދަ ކުންފުންޏަށް ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަށް އަންގައިފައި ނުވާ ކަމަށެވެ. އަދި މިކަން ފާހަގަވީ އަޅުގަނޑުމެން މަސައްކަތް ފަށައި އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން، ކަމަށް ހީނާ ފާހަގަ ކުރެއްވި އެވެ. 

އޭނާ ވިދާޅުވީ މިކަން ހުއްޓުވުމަށް ފިޔަވަޅު އަޅަން ފަށާފައިވާއިރު މި އިންޖެކްޝަން ޖަހާ މީހުންނަށް އެންސްޕާގެ ވެލްފެއާ އެހީގެ ދަށުން މިހާރު ވެސް ކޮންޓްރޯލްޑް އަގެއްގައި ބޭނުންވާ ފަރާތްތަކަށް މި ބޭސް ހޯދުމަށް އެހީތެރިކަން ދެވެމުންދާ ކަމަށާ އެކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

"އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ފައިދާގެ ބޭނުމަށް އާސަންދަ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭކަމީ ހަގީގަތެއް. މިހެން ދިމާވަނީ ޒަމާނުއްސުރެ މިނިޒާމްގެ ތެރޭގައި ހުރި މިފަދަ އެތައް މައްސަލައަކަށް އެޓެންޑް ނުކުރެވި، އެއް ނިޒާމް އަނެއް ނިޒާމާ ވާހަކަ ނުދެކެވި ބޮއްސުންލާން ދޫކޮށްލެވިފައި އޮތުމުގެ ސަބަބުން. ރައީސްގެ ލަފާފުޅުގެ ދަށުން، ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން އެކަން ބަދަލުކޮށް އިސްލާހު ކުރާނަން،" ހީނާ ވިދާޅުވި އެވެ

"މިރާ" އަށް އެނގިފައިވާ ގޮތުގައި މި އިންޖެކްޝަން ވިއްކަނި ހަމައެކަނި އައިކެއާއިން އެކަންޏެވެ. ގިނަ ބައެއްގެ ލޮލަށް ޖަހާ ލުސެންޓިސް އިންޖެކްޝަން ބައެއް މީހުން މަހަކު ދެފަހަރު ޖަހަ އެވެ. މިއީ މިހާރު އާސަންދަ އަށް ބިލް ކުރާ އަގުންނަމަ ގާތްގަނޑަކަށް މީހަކަށް 50،000ރ. ގެ އަގެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.