އަދި، އެ ދިރިއުޅުމުގެ ފެންވަރު އޭނާ ގާއިމްކޮށް ހިފަހައްޓާގައި ވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކޮށްދެވޭ މީހަކު ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ދައުލަތުގެ މަގާމުތަކުގައި ތިބެ ހޯދާފައިވާ ނުވަތަ ހޯދަމުންދާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުން ފަސޭހަކުރަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އެވެ. އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ އެ މާއްދާގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ކަނޑައަޅާފައި އޮތް ގޮތުން ގާނޫނު މާނަ ކުރުމުގައި އޮޅުން އަރާތީ ކަމަށެވެ.
ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާކުރިއިރު ލިބެމުންދާ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވާ މީހަކީ ކުށްވެރިއެކެވެ. އަދި، ދައުލަތުގެ މުވައްޒަފަކަށްހުރެ ލިބެމުންދާ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައާއި އޭނާގެ އާއިލީ ނުވަތަ ޒާތީ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ނުވަތަ ފައިސާ ހޯދުމަކީ ވެސް ކުށެއް ކަމަށެވެ.
އަދި، އެ ދިރިއުޅުމުގެ ފެންވަރު އޭނާ ގާއިމްކޮށް ހިފަހައްޓާގައި ވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތެއްގެ މަތިންކަން ސާބިތު ނުކޮށްދެވޭ މީހަކު ވެސް ކުށްވެރިވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގައި އިތުރަށް ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ވަޒީރު ކަމުގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ފަރާތެއް ކަމަށްވާނަމަ ނުހައްގު މުއްސަނދިކަން ހޯދުމަކީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެ ނޫން ހާލަތްތަކުގައި އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.
އެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާކަން އިއުލާނު ކުރައްވައި ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މި އިސްލާހަކީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް ދައުވާ ކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ހުށަހަޅާ އިސްލާހެއް ކަމަށެވެ.