ސެޕްޓެމްބަރު އަގުތައް ދަށް | އަގު މަތިވީ ތަރުކާރީން

މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް އުފުލިގެން ގޮސްފައިވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. އަގު ދަށްވީ މަހުގެ ބާވަތްތަކުންނެވެ.

ބާޒާރުގައި މީހަކު ވިޔަފާރި ކުރަނީ -- މި

މިދިޔަ އޮގަސްޓް މަހަށްވުރެ ރާއްޖޭގައި މުދަލާއި ތަކެތީގެ އަގުތައް މިދިޔަ މަހު ދަށް ކަމަށާ މިދިޔަ މަހު ދަށްވެފައިވާއިރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ތަރުކާރީގެ ބާވަތް ތަކުން ކަމަށް ދައްކައިފި އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.19 ޕަސެންޓުގަ އެވެ، ނަމަވެސް މި މިދިޔަ މަހު އިންފްލޭޝަން ހުރީ 0.16 ޕަސެންޓުގަ އެވެ. މަހުގެ އަގުތަކަށް އައި ބަދަލު ހިމަނައިގެން ބަލާނަމަ ސެޕްޓެމްބަރު މަހު 0.31 ޕަސެންޓުގައި އިންފްލޭޝަން ހުރިއިރު މިދިޔަ މަހު އެ އަދަދު ވަނީ 0.14 ޕަސެންޓަށް ތިރިވެފަ އެވެ. 

އަގު އުފުލުނު ދާއިރާތައް

  • ތަރުކާރީ - +3.95 ޕަސެންޓް
  • ކަރަންޓް ބިލް - +1.70 ޕަސެންޓް
  • ކުނި ނެގުން - +13.47 ޕަސެންޓް
  • ކިރާއި ބިސް - +0.83 ޕަސެންޓް
  • ޕާސަނަލް ކެއާ - +0.35 ޕަސެންޓް
  • ޕެސެންޖަރު ޓްރާންސްޕޯޓް - +0.82 ޕަސެންޓް
  • ޖޭމާއި ޗޮކްލެޓް - +0.62 ޕަސެންޓް

އަގުތައް އެންމެ ބޮޑަށް ދަށަށް ގޮސްފައިވާ މަހުގެ ބާވަތްތަކުގެ އަގުތައް ވަނީ -2.69 ޕަސެންޓް ވެއްޓިފަ އެވެ. މީގެ އިތުރުން އަގު ދަށްވި މޮބައިލް ކޮމިއުނިކޭޝަންގެ ބައިން -1.28 ޕަސެންޓް އަދި އަންނައުނު ފަދަ ބާވަތްތަކުގެ އަގުތައް -0.29 ޕަސެންޓް ތިރިވެފައިވެ އެވެ. 

ބަޖެޓުގެ އަންދާޒާއަކީ އިންފްލޭޝަން މަތިވުން

އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު %3.9 އަށް މަތިވާނެ ކަމުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 2025 ވަނަ އަހަރުގެ ބަޖެޓުގައިވެ އެވެ. މި އަހަރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ނެރެފައިވާ ރިޕޯޓުގައި އަދި ވޯލްޑް ބޭންކުން މި އަހަރު ނެރުނު އިކޮނޮމިކް އަޕްޑޭޓުގައިވެސް ބުނެފައިވަނީ ސަރުކާރުން އެކުލަވައިލާފައިވާ މާލީ އިސްލާހީ އެޖެންޑާގައި ހިމެނޭ ސަބްސިޑީ ނިޒާމު އިސްލާހު ކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުން އިންފުލޭޝަން މަތިވާނެ ކަމަށެވެ. އެގޮތުން ބައެއް މާލީ އިދާރާތަކުން ލަފާކުރި ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިންފުލޭޝަން %5 އަށް އުފުލޭނެ އެވެ. ނަމަވެސް ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެ މިންވަރަށް އިންފުލޭޝަން މަތިނުވާނެ އެވެ. މައިގަނޑު ގޮތެއްގައި އިންފުލޭޝަން މަތިވަނީ ކުރިން ނުސީދާ ގޮތެއްގައި ކުންފުނިތައް މެދުވެރިކޮށް ދެމުންދާ ސަބްސިޑީތައް ސީދާ ބޭނުންޖެހިފައިވާ މީހުންނަށް ދޭ ގޮތަށް ބަދަލުކުރުމުންނެވެ. ސަބްސިޑީ ނިޒާމަށް ގެންނަ ބަދަލާއެކު ސަބްސިޑީ ލިބޭނީ އޭގެ ހައްގުވެރިންނަށް އެކަންޏެވެ.

ސީޕީއައި ބަލާގޮތް - ސީޕީއައި ހިސާބު ކުރުމުގައި ބަލަނީ އާންމުކޮށް ގޭބީސީ އަކަށް ގަންނަ މުދާ އެއް ބާސްކެޓަކަށް އެޅުމަށް ފަހު، އެ ބާސްކެޓުގެ އަގަށް އެވްރެޖްކޮށް އަންނަ ބަދަލަށެވެ. މި ހިސާބު ޖެހުމުގައި ބޭނުންކުރާ މިންގަނޑު ބަދަލު ކުރަނީ ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލާއެކު، މީހުންގެ އާންމު ހަރަދުތަކަށް އަންނަ ބަދަލުތައް ހިމެނުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.