މި ހަރަކާތުގެ ދަށުން ދެވަނަ ފިޔަވަހި ރުއްގަނޑުގެ އިތުރުން ފަޅުތެރެވެސް ސާފުކޮށްފައިވެ އެވެ.
ހުޅުމާލެ ފަޅުތެރެ ހިމެނޭހެން ހުޅުމާލެ ދެވަނަ ފިޔަވަހި ސާފު ކުރުމުގެ ބޮޑު ހަރަކާތެއް އެޗްޑީސީ އިން މިއަދު ހިންގައިފި އެވެ.
ގްރޫޕް ތަކަށް ބަހާލައިގެން އެޗްޑީސީގެ މުވައްޒަފުން ހިނގި މިހަރަކާތުން ދެވަނަ ފިޔަވަހީގެ ގިނަ ބަޔަކު ހިތްހަމަ ޖައްސާލަންދާ ރުއްގަނޑު ސަރަހައްދު ވަނީ ސާފުކޮށްފަ އެވެ. މި ހަރަކާތުގައި އެޗްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ. މި ހަރަކާތުގެ ދަށުން ގިނަ ބަޔަކު މޫދަށް އެރި އުޅޭ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ކުދިގާ ނަގައި އެތަނަކީ މޫދަށް އެރި އުޅެން އެކަށީގެންވާ ސަރަހައްދެއްގެ ގޮތުގައި ބާއްވަން ސާފުކޮށްފައިވެ އެވެ.
އެޗްޑީސީއިން ކުރިއަށް ގެންދާ ހިރް ފަސޭހަ ހުޅުމާލެ ޕްރޮގްރާމުގެ ދަަށުން ސާފު ކުރުމުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފެހި ކުރުމަށް ގަސް އިން ދުވަސްވެސް ކުރިއަށް ގެންދިޔަ އެވެ.