ނަސްރުގެ ދުވަސް ފާހަގަ ކުރަން މާދަމާ ބާއްވާ ހަރަކާތްތަކުގައި ސިފައިގެން ހާއްސަ ގަނޑުގެ ޔުނިޓެއް ތައާރަފު ކުރުންވެސް އޮންނާނެ އެވެ.
ރާއްޖެ މިހާތަނަށް ދުށް އެންމެ ބިރުވެރި އެއް ދުވަސް ކަމަށްވާ 3، ނޮވެމްބަރު 1988 ވަނަ ދުވަހުގެ ހަނގުރާމާގައި ބޭނުންކުރި ބައެއް ހަތިޔާރު ހިމެނޭ މަރުކަޒެއް މާދަމާ ބާއްވަން ނިންމައިފި އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ބައެއްގެ ގޮތުން މާދަމާ ހުޅުވާ ނަސްރުގެ ދުވަހުގެ ހާއްސަ މައުރަޒު ހުޅުއްވައި ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި މައުރަޒުގައި 3، ނޮވެމްބަރު 1988 ގެ ހަމަލާދިން ދުވަހުގެ މަންޒަރުތައް މި ޒަމާނުގެ ކުދިންނަށް ސިފަވާނެހެން ގިނަ ވަސީލަތްތަކެއް މި މައުރަޒުގއި ބޭނުންކޮށްފައި ހުންނާނެ އެވެ. މި މައުރަޒުގެ ހާއްސަ އެއް ކަމަކީ ނަސްރުގެ ދުވަހު ލަންކާގެ ތަމަޅައިން އަރައިގެން ފަތިހު ހަމަލާ ދޭން ފެށިވަގުތު ގޭޓްގެ ފޯރިމަރަން ހުންނަވަނިކޮށް ޝަހީދުގެ ހުސެއިން އާދަމް ބޭނުން ކުރި ބަޑި ވެސް އާއްމުންނަށް ފެންނާހެން ބެހެއްޓުމެވެ. މީގެ އިތުރުންވެސް 48 ގަޑިއިރަށް ދެމިގެން ދިޔަ މި ހަނގުރާމައިގައި ސިފައިން ބޭނުންކުރި ބައެއް ހަތިޔާރު ވެސް ދައްކާލާނެ އެވެ. މީގެ އިތުރުން އެ ދުވަހުގެ ބައެއް ފޮޓޯވެސް ހުންނާނެ އެވެ.
ނަސްރުގެ ދުވަހުގެ މުނަސަބަތުގެ މުނާސަބަތުގައި 1992 އިން ފެށިގެން ބާއްވަމުން ގެންދަނީ ފޮޓޯ މައުރަޒެކެވެ. އެކަމަކު މިގޮތަށް މައުރަޒެއް ބައްވާ މިއީ ފުރަތަމަ ފަހަރެވެ.
ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭން ކަނޑުގެ ހަރަކާތްތަކުގައި ބައިވެރިވާނެ ހާއްސަ ފައުޖެއް ތަމްރީން ނިންމައި ތައާރަފު ކުރުންވެސް އޮންނާނެ އެވެ. އަސްކަރީ އެކި ހުނަރުތައް ހިމެނޭ މި އިވެންޓް އޮންނާނީ ޖުމްހޫރީ މައިދާންގަ އެވެ.