ޒިޓޫނީ ހާއްސަ ވަނީ ތައި ފުޑަށެވެ. އެކަމަކު މިތަނުން ދިވެހި މީރު ހެދިކާގެ އިތުރުން އެހެން ކެއުންތައްވެސް ލިބެ ހުރެ އެވެ.
ރޭގަނޑުގެ ނާސްތާއަށް މިރޭ ކާން ބޭނުންވަނީ ތައި ގްރީން ކަރީ ޗިކަން ހެއްޔެވެ؟ ނޫނީ ތައި ޗިކަން ފްރައިޑް ރައިސް ހެއްޔެވެ؟ ނުވަތަ ތައި މީރު އެހެން ކޮންމެވެސް ކެއުމެއް ހެއްޔެވެ؟ މީގެ ކޮންމެ ކެއުމެއް ވެސް މިހާރު އެކަށީގެންވާ އަގެއްގައި ލިބެން މިވަނީ މަގު ފަހިވެފަ އެވެ.
ބޭރުމަގު އޮކްސިޖަން ރެސްޓޯރެންޓާއި އިންވެގެން ހުޅުވި ޒިޓޫނީގެ މެނޫގައި ތައި ފުޑްގެ ގިނަ ރަހަތަކެއްގެ ހުރުމުގެ އިތުރުން އާއްމުކޮށް ދިވެހިން ކެއުމުގައި ބޭނުންކުރާ ގިނަ ކެއުންތަކެއް އެބަހުއްޓެވެ. މީގެ އިތުރުން މި ރެސްޓޯރެންޓް ހާއްސަވާ އަނެއް ކަމަކީ ހަވީރު ސަޔަށް ދިވެހި ރަހަތަކާއެކު އަތުރާލާފައިވާ ހެދިކާގެ މެނޫ އެވެ، ނަން ހުސްކޮށް ހެދިކާ ހުރެ އެވެ.
ޒިޓޫނީ ރެސްޓޯރެންޓުން ވާހަކަ ދެއްކި އިސްވެރިއަކު ވިދާޅުވި ގޮތުގައި ތައި ފުޑަށް ހާއްސަ ކުރަން ތައިލެންޑުގެ ހާއްސަ ޝެފެއް އެތަނުގައި މަސައްކަތް ކުރާނެ އެވެ. މި ރެސްޓޯރެންޓަކީ ތައިފުޑަށް ހާއްސަ ތަނެއްގެ ގޮތުގައި ހުއްޓަސް އެންމެ އިސްކަމެއް ދީފައިވަނީ އަގުތައް ރީޒަނަބަލްކޮށް ބެހެއްޓުމަށެވެ. މެނޫއަށް ބަލައިލުމުން އެކަން އެނގެ އެވެ. އާއްމު އެހެން މިފަދަ ތަންތަނަށްވުރެ އާއިލާއެއްކޮށް އައިސް ކެއުމަކަށް އިންސާފުކޮށްލިނަމަވެސް ޖީބަށް ކުރާ ބާރު ކުޑަ ވާނެ ގޮތަކަށް ހެދުމަކީ ޒިޓޫނީގެ ވެރިންގެ އެންމެ އިސްކަމެއް ދޭ ކަމެވެ.
ޒިޓޫނީގެ އަނެއް ހާއްސަ ކަމަކީ މިތަނުގެ މާހައުލެވެ. ދެ ފްލޯ އަށް ވާ ގޮތަށް ހަދާފައިވާ މި ރެސްޓޯރެންޓުގެ އިންޓީރިއާ ފުރިހަމަކޮށްފައިވަނީ ރެސްޓޯރެންޓަށް ވަންނަ މީހުން ހިތްހަމަ ޖެހިލައިގެން ތިބެލެވޭނެ ގޮތަށެވެ. އާއިލާއެއްކޮށް ވެސް ގޮސް ކެއުން ތަކަށް އިންސާފުކޮށް ލެވޭނެ ފުރިހަމަ މާހައުލެއް ގެނެސް ދިނުމަކީ ޒިޓޫނީގެ ވެރިންގެ އެންމެ ބޮޑު އެއް މަގުސަދެވެ.