ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެ ކުރާ ހޯކްސް ކުންފުނީގެ ބޯޓަކުން ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓްތަކުގެ އަގު 1.2 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
ތިލަފުށީ ޕޯޓަށް ހުކުރު ދުވަހު އައި ހޯކްސްގެ ބޯޓަކުން ވަގަށް ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެ ކުރަން އުޅުނު މައްސަލައިގެ މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް ހާޒިރުކޮށްގެން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ސިއްރުކޮށްފި އެވެ.
ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެ ކުރާ ހޯކްސް ކުންފުނީގެ ބޯޓަކުން ވަގަށް އެތެރެކުރަން އުޅުނު ސިނގިރޭޓްތަކުގެ އަގު 1.2 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
ހޯމް މިނިސްޓްރީއާއި ކަސްޓަމްސް ހާޒިރުކޮށްފައިވާ ކޮމެޓީ ބައްދަލުވުން ފެށީ މިއަދު ހެނދުނު 9:30 ގައެވެ. ކޮމެޓީ ބައްދަލުވުން ސިއްރުކުރާ ސަބަބެއް ކަމަށް ކޮމެޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މިއީ ވަރުގަދަ ތަހުގީގެއް ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށެވެ.
ސަލީމްގެ ހުށަހެޅުމަށް ވޯޓަށް އެހުމުގެ ކުރިން ކޮމެޓީގެ ލައިވް ވަނީ ކަނޑާލާފަ އެވެ. އެހެންކަމުން ވޯޓުގައި ކަން ހިނގައިދިޔަ ގޮތެއް ނޭންގެ އެވެ. ނަމަވެސް އެ ކޮމެޓީ ސިއްރު ކޮށްގެން ކުރިއަށް ދިޔަ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.
ފުލުހުނާއި ކަސްޓަމުން ވަނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ އައި ހޯކްސްގެ ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު 2،000 ކާޓޫނު ސިގިރޭޓް ހިފައްޓާފަ އެވެ. މިއީ 400،000 ސިނގިރޭޓެވެ. މިކަމުގައި ޝާމިލްވާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް ހޯކްސް ކުންފުނިން ވަނީ ބުނެފަ އެވެ.
"މިކަމުގެ ސަބަބުން ކުންފުނީގެ ނަމަށް ވަރަށް ބޮޑު ހަޑިކަމެއް އައީމި. މި މައްސަލާގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުން އަޅުގަނޑުމެން މިދަނީ ދެމުން،" އެ ކުންފުނިން ބުނެފައިވެ އެވެ.