ސަލްމާން ހާނާއި ކެޓްރީނާއަކީ ކުރީގެ ލޯބިވެރިންނެވެ. އަދި ސްކްރީނުގައި އެ ދެ ތަރިންގެ ޖޯޑަކީ ވަރަށް ގުޅޭ ކެމިސްޓްރީއެކެވެ. ވަރަށް ގިނަ ބަޔަކު ސަލްމާނާއި ކެޓްރީނާގެ މި ފިލްމަށް އިންތިޒާރު ކުރެ އެވެ.
ސަލްމާން ހާނާއި ކެޓްރީނާ ކައިފްގެ "ޓައިގާ" ސީކްއަލް ސީރީޒް ފިލްމްތަކުގެ އާ ފިލްމް "ޓައިގާ 3" ރިލީޒް ކުރުން ފަސް ކޮށްފި އެވެ.
ތާރީހު ފަސް ކުރުމުން ދެން "ޓައިގާ 3" ނެރޭނީ އަންނަ އަހަރުގެ އޭޕްރިލް މަހު އެވެ. ކުރިން ވެސް ބެލިފައިވާ ގޮތަށް ފަސް ކުރުން ގެނެސްފައި ވަނީ ދީވާލީގެ ތެރެއާ ދިމާވާ ގޮތަށެވެ.
ގާތްގަނޑަކަށް 40.1 މިލިއަން އެމެރިކާ ޑޮލަރު ހަރަދު ކުރާ "ޓައިގާ 3" އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރާ ފިލްމެކެވެ. މަނީޝް ޝަރްމާ ޑައިރެކްޓްކް ކުރާ މި ފިލްމުގައި ވެސް ކުރީގެ ދެ ފިލްމް ފަދައިން ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކާއި ހައިރާން ކުރުވާނެ ޓްވިސްޓްތައް ހިމަނާފައި ވެއެވެ. އަދި މި ފިލްމް ކުޅުމަށް ކެޓްރީނާ ހާއްސަ އެކްޝަން ޓްރެއިނިން ތަކެއް ހެދި އެވެ.
ސަލްމާން ހާނާއި ކެޓްރީނާއަކީ ކުރީގެ ލޯބިވެރިންނެވެ. އަދި ސްކްރީނުގައި އެ ދެ ތަރިންގެ ޖޯޑަކީ ވަރަށް ގުޅޭ ކެމިސްޓްރީއެކެވެ. ވަރަށް ގިނަ ބަޔަކު ސަލްމާނާއި ކެޓްރީނާގެ މި ފިލްމަށް އިންތިޒާރު ކުރެ އެވެ.