އެއާ އަރަބިޔާ ރާއްޖެއަށް | ޝާރުޖާ މެދުވެރިކޮށް ދުނިޔެއާ ގުޅާލައިފި

މި ދަތުރުތަކާއެކު ދުނިޔޭގެ 100 މަންޒިލެއް ރާއްޖެއާ ގުޅިގެންދާނެ އެވެ. އަދި ދިވެހިންނަށް އަގުހެޔޮކޮށް ދަތުރު ކުރަން ފުރުސަތު ފަހިވާނެ އެވެ.

އެއާ އަރަބިއްޔާގެ ފުރަތަމަ ފްލައިޓް މިއަދު ވީއައިއޭގައި

ޝާރުޖާއަކީ ޔޫއޭއީގެ ހަތް ސަހަރުގެ ތެރޭން އެންމެ މުހިންމު އެއް ސަރަހެވެ. ދުނިޔޭގެ ގިނަ ކަނެކްޓިވިޓީ އާއި ވިޔަފާރީގެ ފުރުސަތުތަކެއް އޮތް ޝާރުޖާއާ ރާއްޖެއާ ދެމެދު މިއަދު ވަނީ އެއާ އަރަބިޔާގެ ސީދާ ދަތުރުތައް ފަށާފަ އެވެ.

އެއާ އަރަބިޔާގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިއަދު ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޔޫއޭއީން ރާއްޖެއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ އެމްބެސަޑަރު ހަސަން ވަހީދު އާއި އެއާ އެރޭބިއާގެ ޔޫއޭއީގެ އޭރިއާ މެނޭޖަރު ޝަހްޒަދް ނަގްވީގެ އިތުރުން އެމްއޭސީއެލްގެ ސީއީއޯ / މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ / މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓާއި ޝާރްޖާއާއި ދެމެދު ސީދާ ދަތުރުތައް ފެށުމަކީ މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ ގިނަ ސިޓީތަކާއި ރާއްޖެ އާއި ދެމެދު ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެ ކަމެއް ކަމަށެވެ.

އަދި މިގޮތަށް އުފެދޭ އިތުރު ކޮންމެ ކަނެކްޝަނަކާއިއެކު ސަރަހައްދީ ވައިގެ ދަތުރުފަތުރާއި ދުނިޔޭގެ މި ސިނާއަތުގައިވެސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ މަގާމު ރަނގަޅު ވެގެން ދާނެ ކަމަށެވެ.

އެއާ އެރަބިއްޔާގެ ވެރިންނާއި އެމްއޭސީއެލްގެ ސީއީއޯ ޝަރީފު

މި ދަތުރުތަކާ ބެހޭ ގޮތުން އެއާ އަރަބިޔާގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު އާދިލް އަލް އަލީ ވިދާޅުވީ ރާއްޖެއަށް ދަތުރު ފެށުމަކީ އެ އެއާލައިނަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ދުނިޔެ މަތީގެ ސުވަރުގޭގެ ގޮތުގައި މަޝްހޫރުވެފައިވާ ދިވެހިރާއްޖެ ތަޖުރިބާ ކުރުމުގެ ފުރުސަތު އެއާލައިންގެ ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. 

"ޝާރުޖާ މެދުވެރިކޮށް ދުނިޔޭގެ 100 އަށް ވުރެ ގިނަ މަންޒިލްތަކާ ރާއްޖެ ގުޅިގެންދާނެ. މި ރޫޓުން ދައްކުވައިދެނީ އަގުހެޔޮ އަދި އަގުހުރި ވައިގެ ދަތުރުތައް ފޯރުކޮށްދިނުމާއި އާ މަންޒިލްތައް އެންމެންނަށް ފަސޭހަކޮށްދިނުމަށް އަޅުގަނޑުމެން ދެމި ތިބޭނަން،" އާދިލް އަލް އަލީ ވިދާޅުވި އެވެ.  

އެއާ އަރަބިޔާގެ އިން މި ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓެވެ. މިއީ ދަތުރުވެރިންނަށް އަރާމު މަތިންދާ ބޯޓެވެ. މި ފްލައިޓުގައި އިން ފްލައިޓް ސްޓްރީމިން އާއި އިން ފްލައިޓް ހިދުމަތް ލިބޭނެ އެވެ. 

ރާއްޖޭގެ ޓޫރިޒަމް ވަރުގަދަވާނެ، ދިވެހިންނަށް އާ ފުރުސަތެއް

ލެޓްސްގޯގެ ސީއޯއޯ ބައްސާމް އިންޓަވިއު ދެއްވަނީ

މި ފްލައިޓް ރާއްޖެއަށް ފަށާފައިވާއިރު މި އެއާލައިންގެ ރާއްޖޭގެ ޖީއެސްއޭއަކީ ލެޓްސްގޯ މޯލްޑިވްސް އެވެ. 

އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޔާޒު ވިދާޅުވީ މި ދަތުރުތަކާއެކު އެއާ އަރަބިޔާގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރު ކުރަން ބޭނުންވާ ދިވެހިންނަށް ހެޔޮ އަގުގައި ދަތުރު ކުރުމަށްއާ ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ. 

"އަގުހެޔޮ، އާއިލާއާ ރައްޓެހި ދަތުރުފަތުރަށް އެއާ އަރަބިއްޔާވާނެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ޕާޓްނާޝިޕްގެ ސަބަބުން ދަތުރުފަތުރުގެ އާ ފުރުސަތުތަކެއް އުފެދި، ދުނިޔޭގެ އެންމެ މަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ  އިތުރަށް ވަރުގަދަ ވެގެންދާނެ،" ރިޔާޒު ވިދާޅުވި އެވެ.  

އެ ކުންފުނީގެ ސީއޯއޯ ބައްސާމް އާދަމް އިތުރަށް ވިދާޅުވީ އެއާ އަރަބިއްޔާގެ އާ ރޫޓަކީ ހަމައެކަނި ޓޫރިސްޓުންނަށް ހުޅުވޭނެ ފުރުސަތެއް ނޫން ކަމަށާ މިއީ ދިވެހިންނަށް ވެސް ލިބިގެންދާނެ ފުރުސަތަކަށް ވާނެ އެވެ. އަދި ރާއްޖެ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި އޮތުމަށް ވެސް މި އެއާލައިން މުހިންމު ރޯލެއް ކުޅޭނެ އެވެ. 

އެއާއަރަބިޔާ - އެއާ އަރަބިޔާގެ މިފްލައިޓަކީ ޝާރްޖާއިން ދިވެހި ރާއްޖެއައް ސީދާ ދަތުރުކުރަން ހަމަޖެހިފައިވާ ފުރަތަމަ ފްލައިޓްއެވެ. ޝާރްޖާ އާއި ވީއައިއޭއާއި ދެމެދު އެއާ އަރަބިޔާ އިން ދުވާލަކު ފްލައިޓެއް އޮޕަރޭޓް ކުރާނެ އެވެ، މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ މަތިންދާ ބޯޓެވެ. އެއާ އަރަބިޔާ އަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ ފުރަތަމަ އަދި އެންމެ ބޮޑު ލޯ-ކޮސްޓް ކެރިއާ އެވެ. މި އެއާ ލައިނުން މެދުއިރުމަތި އުތުރު އެފްރިކާ އަދި އޭޝިއާ އާއި ޔޫރަޕްގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.