އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާކޮށް އިތުރުކޮށް ނަތީޖާ ދަނީ ނެރެމުންނެވެ. މީގެ ކުރީން ވެސް ހަށިވިއްކާ މިފަދަ އެތައް ނެޓްވޯކްތަކެއް ރޫޅާލާފައިވެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި އޮކްޓޫބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައި ކަމަށެވެ.
އެގޮތުން މިފަދަ ފަސް މައްސަލައަކާއި ގުޅިގެން ބިދޭސީ ހަތް އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ފަސް އަންހެނަކު އަދި ފިރިހެނަކު މިހާރު ވަނީ ޑީޕޯޓުކޮށްފައި ކަމަށް ބުންޏެވެ. އަދި އަނެއް ތިން ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަަށެވެ.
އެ މީހުންގެ ފޮޓޯވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ.
އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާކޮށް އިތުރުކޮށް ނަތީޖާ ދަނީ ނެރެމުންނެވެ. މީގެ ކުރީން ވެސް ހަށިވިއްކާ މިފަދަ އެތައް ނެޓްވޯކްތަކެއް ރޫޅާލާފައިވެ އެވެ.