ބައްޕާފުޅުގެ ހިދުމަތުގެ އަގުވަޒަންކޮށް އެރުވި ގައުންކޮޅާ ރައީސް ހަވާލުވެވަޑައިގެންފި

ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރަށް ޝައިހް ހުސައިން އަބްދުއްރަހްމާންވަނީ ބަންޑާރަނައިބު އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ހައިސިއްޔަތުން އެޓާނީ ޖެނެރަލްގެ ނައިބުގެ މަގާމުގެވެސް އަދާކުރެއްވި ބޭފުޅެކެވެ.

ރައީސް މުއިއްޒުގެ ބައްޕާފުޅުގެ ހިދުމަތް ފާހަގަކޮށް ގައުނެއް އަރުވަނީ، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ބައްޕާފުޅު ފަޟީލަތުއްޝައިހް އަލްއުސްތާޛު އަލްމަރުހޫމު ހުސައިން އަބްދުއްރަހްމާނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެެއްވި ހިދުމަތް ފާހަގަކޮށް ކޯޓުން ދިން ގައުންކޮޅާ ރައީސް ހަވާލުވެވަޑައިގެންފި އެވެ. 

ރައީސަށް މި ގައުންކޮޅު އެރުވީ ހައިކޯޓުގެ "އިސްތިރާޖީ އަމަލީ ތަދުރީބު 2025-2027" އިފުތިތާހުކުރުމަށް ރޭ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްސީއީ) ގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. 

ރައީސް ބައްޕާފުޅަކީ މިސްރުގެ އަަލްއަޒްހަރު ޔުނިވަސިޓީން ތައުލީމު ހާސިލުކުރެއްވި ދީނީ އިލްމުވެރިއެކެވެ. އެމަނިކުފާނަކީ 1980 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓު އުފެއްދެވުމަށްފަހު އެ ކޯޓަށް ފުރަތަމަ އައްޔަަނުކުރެވުނު ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. 

ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރަށް ޝައިހް ހުސައިން އަބްދުއްރަހްމާންވަނީ ބަންޑާރަނައިބު އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ހައިސިއްޔަތުން އެޓާނީ ޖެނެރަލްގެ ނައިބުގެ މަގާމުގެވެސް އަދާކުރެއްވި ބޭފުޅެކެވެ.

އޭގެ އިތުރަށް އެޑިއުކޭޝަން މިނިސްޓްރީގައި އިސްލާމީ ތައުލީމުގެ ކަންކަން ބެލެހެއްޓެވުމުގެ އެންމެ އިސް މަސްއޫލުވެރިއެއްގެ މަގާމުގައިވެސް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. 

ރައީސްގެ ބައްޕާފުޅަކީ ދީނީ ފޮތްތަކާއި ލިޔުންތައް ލިޔުއްވައި، ދިވެހިރާއްޖޭގެ ގައުމީ މީޑިޔާ މެދުވެރިކޮށް ދީނީ އިލްމު ފެތުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އިލްމުވެރިއެކެވެ. އަދި އިލްމީ އެކި މައުޟޫއުތަކށް ފޮތް ލިޔުއްވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.