އުމުރަށް ޖަލަށް ހުކުމްކުރިޔަސް ހިތްވަރަކަށް ގުޑުމެއް ނާރާނެ: ޝެއިހް ނިޝާން

ޝެއިހް ނިޝާން ދެންމެ ވިދާޅުވީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއާ ގުޅޭ ލިޔުންތަކާއި ހެކީގެ ގޮތުގައި ހުށައަޅާފައިވާ 62 ސީޑީގެ ފްޓޭޖް މިއަދު މެންދުރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު ކްރިމިނަލް ކޯޓުން ގުޅާ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ތާވަލު ކުރި ކަމަށް އަންގައި ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އައްޝައިހް އާދަމް ނިޝާން: އުމުރަށް ޖަލަށް ހުކުމްކުރިޔަސް ހިތްވަރަކަށް ގުޑުމެއް ނާރާނެ ކަމަށް ވިދާޅުވި

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ އުފުލާފައިވާ ދެ އިލްމުވެރީންގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލަށް ލައިފައިވަނިކޮށް ކުފުރާއި ޝިރުކުގެ ލާދީނިއްޔަތާއި ދެކޮޅަށް ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް އައްޝައިހް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.

ޝައިހު އާދަމް ނިޝާނާއި ޝައިހު ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ ދެ އިލްމުވެރީންގެ ޝަރީއަތް މާދަމާ ހެނދުނު 9:00 ގައި ފެށުމަށް ތާވަލަށްލައި އަމުރު ފޮނުވާފައެވެ. މާދަމާ އޮންނާނީ އިބްތިދާއީ އަޑުއެހުމެވެ.

ޝެއިހް ނިޝާން ދެންމެ ވިދާޅުވީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއާ ގުޅޭ ލިޔުންތަކާއި ހެކީގެ ގޮތުގައި ހުށައަޅާފައިވާ 62 ސީޑީގެ ފްޓޭޖް މިއަދު މެންދުރު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު ކްރިމިނަލް ކޯޓުން ގުޅާ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ތާވަލު ކުރި ކަމަށް އަންގައި ކޯޓަށް ހާޒިރުވުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ނިޝާން ވިދާޅުވި ގޮތުގައި މިއީ މި ސަރުކާރުން ރާވައިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އެކެވެ. ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެނަމަ 15 އަހަރުގެ ޖަލު ހުކުމެއް އިއްވާނެތީ އެކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ އުމުރު ދުވަހަށް ޖަލަށް ހުކުރި ނަމަވެސް ކުފުރާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.

"...15 އަހަރު ކީއްކުރަން ހެއްޔެވެ. އުމުރު ދުވަހަށް ހުކުމް ކުރި ނަމަވެސް ކުފުރާއި ޝިރުކުގެ ލާދީނިއްޔަތާއި ދެކޮޅަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް އަދި އަޒުމަކަށް ހިތްވަރަކަށް ގުޑުމެއް ނާރާނެ،" ދައުވާއާ ގުޅޭ ލިޔުންތަކާއި ހަވާލުވުމަށް ފަހު ނަގާފައިވާ ފޮޓޯއަކާއެކު ނިޝާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ޔޯގާ ދުވަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން 19 މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވީ މި މަހުގެ ތިންވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.