2026 ވަނަ އަހަރުގެ ކޮމަންވެލްތު ކުދި ގައުމުތަކުގެ ބައްދަލުވުން ރާއްޖެއިން ކޯޗެއާ ކުރަނީ

ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖެ ކޯ-ޗެއާއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާންކޮށްފައި ވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވި ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކަމަށެވެ.

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސަމޯއާގައި --

ކޮމަންވެލްތުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއާ އެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިއްޖެ އެވެ. 

ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖެ ކޯ-ޗެއާއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާންކޮށްފައި ވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވި ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއެކު ކޯޗެއާކަން ކުރާނީ 2026 ވަނަ އަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމާއެކު އެވެ. މި ބައްދަލުވުމުގެ ކޯޗެއާ އެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތް ކުރާނީ ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ، ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ސަމޯއާގައި މި މަހުގެ 22 އިން 26 އަށް ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ބައިވެރިވެވަޑައިގެން، ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

އޭގެ ތެރޭގައި ކުދި ގައުމުތަކުގެ އިގްތިސޯދަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް އަދި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މިނިސްޓަރު އަލިއަޅުއްވާލާފައިވެ އެވެ. އަދި ކުދި ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރުުގެ މުހިންމުކަން ފާހަގަކޮށް، ކުދި ގައުމުތަކުގެ ދަރަނީގެ މައްސަލައަށް ހައްލުހޯދުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވެ އެވެ.

ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްއެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ މި ބައްދަލުވުުމުގެ ކޯޗެއާކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.