ރައީސް، ކާށިދޫއަށް ވަޑައިގެންފި

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި މިރޭ ކ. އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ރައީސް ޝަރަފްވެރިކޮށް ދެއްވައި ޖާފަތެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ކާށިދޫގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތް ކުރައްވައި އެ މައުރަޒުގެ ސްޓޯލްތައް ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

ކާށިދޫއިން ރައީސް ސޯލިހަށް އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަރުހަބާ ވިދާޅުވަނީ

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މާލެއަތޮޅު ކާށިދޫއަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފި އެވެ.

ކާށިދޫއިން އެމަނިކުފާނަށް މަރުހަބާ ވިދާޅުވާން އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވިއެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި މިރޭ ކ. އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ރައީސް ޝަރަފްވެރިކޮށް ދެއްވައި ޖާފަތެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި ކާށިދޫގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތް ކުރައްވައި އެ މައުރަޒުގެ ސްޓޯލްތައް ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

މިދަތުރުފުޅުގެ ތެރޭ ކާށިދޫ ކައުންސިލާއި، އތމ. ކޮމިޓީއާ ބައްދަލު ކުރެއްވުމާއެކު އެ ރަށު ހެލްތު ސެންޓަރަށް ވެސް ވަޑައިގެން ބައްލަވާލައްވާނެ އެވެ.

ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި މިހާރު ކުރިޔަށްދާ "2022 ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ – މޯލްޑިވްސް ޗެލެންޖް" ގެ މެޗުތައް ރައީސް ސޯލިހް ވަނީ ބައްލަވާލައްވާފައެވެ.

"2022 ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ – މޯލްޑިވްސް ޗެލެންޖް" ގެ މެޗުތައް ރައީސް ވަނީ ބައްލަވާލައްވާފައި

އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެކިއެކި ފުރުސަތުތައް ހޯދައިދިނުމާއި ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވައި ފުޅާކުރުން ކަމަށް ސަރުކާރުން ބުންޏެވެ. މިއީ އެގޮތުން ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބޭއްވޭ ބައިނަލްއަގްވާމީ ފެންވަރުގެ ހަ ވަނަ މުބާރާތެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެކެވެ. މި އޮކްޓޫބަރު މަހުގެ 13 އިން 16 އަށް ސަންއައިލެންޑް ރިޒޯޓްގައި ކުރިޔަށްދާ މި މުބާރާތުގައި 28 ގައުމަކުން ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ވާދަކުރެއެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރުފަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.