އިންޑިއާގެ މުނިފޫހި ފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެ އަންނާނެ އެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ ފިލްމީ އިންޑަސްޓްރީ އޮތް އިންޑިއާގެ ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ޗުއްޓީ ރާއްޖެއާ ދިމާލަށް އަނބުރާލައިފި އެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ގިނަ އަދަދެއްގެ ފިލްމީ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނާނެ އެވެ. މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ތަރިން ރާއްޖޭގައ ޗުއްޓީ ހޭދަކުމުން ދިޔަކަން ވަނީ އެނގިފަ އެވެ.
މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ފިލްމީތަރިންގެ ތެރޭގައި ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރް ހިމެނެ އެވެ. އޭނާ ވަނީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު އަލީ ގޮނީ ވެސް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ބޮލީވުޑްގެ ތަރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ލިސްޓަށް އެންމެފަހުން އިތުރުވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދާ އިންޑިއާގެ މަޝްހޫރު އެކްޓްރެސް ހީނާ ހާން އެވެ. އޭނާ ވަނީ ސަން ސިޔާމް ރިސޯޓުގައި ޗުއްޓީ ހޭދަކޮށް ރާއްޖޭގެ ރީތިކަމުގެ ވާހަކަ ދައްކާފަ އެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އުފެދުނު ނުތަނަވަސްކަމަށް ފިނިކަމެއް ލިބިފައިވާއިރު ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ވަނީ މަޓާޓޯއާ ގުޅިގެން އިންޑިއާގައި ޓޫރިޒަމް މާކެޓިން ހަރަކާތްތަކެއްވެސް ހިންގާފަ އެވެ.